މެސީއަށް އޭނާގެ މުސްތަޤުބަލާމެދު އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤު އޮންނަން ޖެހޭނެ: ރާމޮސް

ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންވިޔަސް ނުވިޔަސް މެސީއަށް އޭނާގެ މުސްތަޤުބަލާމެދު އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤު އޭނާއަށް އޮންނަން ޖެހޭނެކަމަށް ވާދަވެރި ރެއަލްމެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.

ސްޕެއިންގެ ޤައުމީ ޓީމާއެކު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރާމޯސް ބުނީ، މެސީއަށް އޭނާގެ މުސްތަޤުބަލާމެދު އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤު އޭނާއަށް އޮންނަން ޖެހޭނެކަމަށާއި އަދި އެއީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބިގެންވާ އަމިއްލަ ހައްގެއް ކަމަށެވެ.

ނަމަވެސް އުންމީދަކީ މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް ރޯމޮސް ވަނީ ބުނެފައެވެ. ރާމޯސް ބުނީ، ސްޕެއިންގެ ފުޓްބޯޅައަށާއި، ބާސެލޯނާގެ އިތުރުން ރެއަލްމެޑްރިޑަށްޓަކައިވެސް މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށެވެ. މެސީގެ ސަބަބުން ސްޕެނިޝް ލީގާއި، ބާސެލޯނާ އަދި އެލްކްލެސިކޯވެސް އިތުރަށް ފުރިހަމަވާކަމަށްވެސް ރާމޯސް ބުންޏެވެ.

“ އަހަރެންގެ އުންމީދަކީ މެސީ ބާސާގައި މަޑުކުރުން. އަދި ހުރިހާ ޓީމެއްގެ ވެސް އެދުމަކީ މިއީ. ކޮންމެ މީހަކުވެސް ބޭނުންވާނެ އެންމެ މޮޅު ކުޅުންތެރިޔާ ހުންނަ ޓީމާއި ދެކޮޅަށް ކުޅެލަން. މެސީއަކީ ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް.” ރާމޯސް ބުންޏެވެ.

ނިމިގެން ދިޔަ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖަރުމަނުގެ ބަޔާން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމާއި ގުޅިގެން ބާސެލޯނާ ދޫކޮށްލަން ބޭނުންވާ މެސީ ވަނީ ކުލަބަށް އަންގާފައެވެ. މެސީގެ މި ނިންމުން ނިންމާ ކުލަބަށް އެކަން އިޢުލާންކުރި ހިސާބުން ފެށިގެން އޭނާ ބެހެއްޓުމަށް ބާސެލޯނާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެސީގެ އެޖެންޓް އޭނާގެ ބައްޕައާއި ބާސެލޯނާގެ އިސްވެރިން ބައްދަލުމެއްވެސް މިހާރުވަނީ ބާއްވާފައެވެ. ނަމަވެސް މި ބައްދަލުވުމުން މާބޮޑު އަލިމަގެއް ނުފެންނަ ކަމަށް ވެސް  މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެސީ ހުރީ ބާސާ ދޫކޮށްލާ ގޮތަށެވެ. އެގޮތުން މިހާރުވެސް އޭނާ ހުރީ ޕްރިމިއާ ލީގުގެ މެންޗެސްޓާރ ސިޓީއަށް ދިއުމަށް ތައްޔާރަށެވެ. އެގޮތުން މެސީ ގެންދިއުމަށް ބާސާއަށް ދައްކަން ޖެހޭ 700 މިލިއަން ޔޫރޯ ދައްކާފައި ނަމަވެސް މެސީ ގެންދިއުމަށް ސިޓީން އޮތީ ތައްޔާރަށެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.