އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެއްވަނަ ހައުސިން މިނިސްޓްރީގެ ”އެއްފަސް“އަށް

ޓީވީއެމުން މިދިޔަ ރޯދަ މަހު ދެއްކި އެންސީއޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން 1 ވަނަ ޑްރާމާއަކަށް ހައުސިންގ މިނިސްޓްރީގެ ޑްރާމާ ”އެއްފަސް“ ހޮވިއްޖެއެވެ.

ރޭ އޮލިންޕަހުގައި އޮތް ރަސްމިއްޔާތެއްގައި މުޅި މުބާރާތުން އެންމެ މޮޅު ޑްރާމާއަށް ދޭ ފަންސާސްހާސް ރުފިޔާއަދި ތަށި ހަވާލުކޮށްދެއްވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް މުހައްމަދު ސަޢީދެވެ.

މި ރަމަޟާން މަހު ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް އެން.ސީ.އޭ އިން އިސްނަގައިގެން ބޭއްވި މުބާރާތުގެ އެންމެ މޮޅު ތިން ޑްރާމާއަކަށް ހޮވިފައިވަނީ ހައުސިގް މިނިސްޓްރީގެ އެއްފަސް ޑްރާމާގެ އިތުރުން، އެމް.އެން.ޑީ.އެފް ގެ ޑްރާމާ ނުރުހުނަސް އަދި ފެނަކައިގެ ފަރާތުން ހުށައެޅި ޑްރާމާ ”ޒަހަމްވި ހިތް“ ޑްރާމާއެވެ.

އެއްވަނަ ޑްރާމާ ހޮވުމުގެ އިތުރުން މުބާރާތުން އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސްގެ މަޤާމުވެސް ވަނީ ހޮވާފައެވެ. އެންމެ މޮޅު އެކްޓަރގެ މަޤާމު ހޯދާފައިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑްރާމާ ”ދިރިތިބުމަށް“ގެ ހަސަން އަބްދުލް ކަރީމެވެ. އަދި އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވިފައިވަނީ ފެނަކައިގެ ޑްރާމާ ޒަޚަމްވި ހިތުގެ އަޒްލީފާ އިބްރާހީމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *