fbpx

ގާނޫނީ ވަކީލުންތަކެއް -- ފޮޓޯ: ޑިޖޭއޭ
ގާނޫނީ ވަކީލުންތަކެއް -- ފޮޓޯ: ޑިޖޭއޭ

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ބިދޭސީ ގާނޫނީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައި ގަވައިދު އާންމު ކޮށްފި އެވެ.

ބާކައުންސިލުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި ގަވައިދުގައި ބުނެފައިވަނީ ބިދޭސީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެ ކައުންސިލްގައި އެދެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފޯމްތަކަށް ކަމަށެވެ. ހުއްދަ ލިބޭ ބިދޭސީ ވަކީލުން ރާއްޖޭގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށާއި އެއާއި ހިލާފަށް އަމަލު ކޮށްފި ނަމަ ޒިންމާ ނަގަން ޖެހޭނީ ބާ ކައުންސިލްގައި ހުއްދައަށް އެދުނު ފަރާތުން ކަމަށް ބުނެ އެވެ.

ކޯޓުތަކުގައި މައްސަލަ ބައްލަފާ ފަނޑިޔާރުގެ މައްސަލައެއް ނެތް ނަމަ ބޭނުން ބަހަކުން ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވެ އެވެ. އަދި ދިވެހި ތަރުޖަމާނަކު ބޭނުން ކުރެވެ އެވެ. ބިދޭސީ ވަކީލެއް ނަމަ ހުއްދަ ދެވެނީ ވަކި މައްސަލައެއްގައި ވަކާލާތު ކުރަން ކަމަށްވާތީ އެ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގައި ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ހުއްދަ ދޫކުރަނީ އެންމެ ދިގުވެގެން އަހަރު ދުވަހުގެ މުއްދަތަށެވެ. އެކަމަކު އެއަށްވުރެ ކުރިން ބިދޭސީ ވަކީލު ވަކާލާތު ކުރާ މައްސަލަ ނިމިއްޖެ ނަމަ ހުއްދަ ބާތިލުވާނެ އެވެ.

ބާ ކައުންސިލުން އާންމު ކުރި ގަވައިދުގައި ބުނެފައިވާ ގޮތުގައި ބިދޭސީ ވަކީލުން ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން ހުއްދަ ދޭ ނަމަ 2،000 ރުފިޔާ އަދި ހައި ކޯޓުގައި ނަމަ 5،000 ރުފިޔާގެ ފީއެއްގެ އިތުރުން ސުޕްރީމް ކޯޓުގައި ނަމަ 100،00 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

މި ގަވައިދުގެ ދަށުން ހައި ކޯޓުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލަކަށް ދިނުމުގައި ތިން އަހަރުގެ ތަޖްރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަން ޖެހެ އެވެ. ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަތަކުގައި ނަމަ ފަސް އަހަރުގެ ތަޖްރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަން ޖެހެ އެވެ.

މީގެ އިތުރުން ބިދޭސީ ވަކީލަކު ވަކާލާތު ކުރަން އެދޭ ބާވަތުގެ މައްސަލައަކީ ރާއްޖޭގައި އެކަމަށް ފަންނީ ވަކީލުން ނެތް ބާވަތުގެ މައްސަލައެއްތޯ އާއި މައްސަލަ ބަލާ ފަނޑިޔާރުގެ އިއުތިރާޒެއް އެކަމަށް އޮތްތޯ ބާ ކައުންސިލުން ބަލަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ހުއްދަ ނުދޭން ނިންމާ ނިންމުންތައް ބާ ކައުންސިލްގެ އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފް ކުރެވޭއިރު، ހުއްދަ ދީފި ނަމަ، އެ މައްސަލައެއް ހިނގާ ކޯޓަކަށް ބާ ކައުންސިލުން އެކަން އަންގަން ވެސް ލާޒިމްވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.