އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްަލުވުމުގެ ތެރެއިން -- ފޮޓޯ: އީސީ
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްަލުވުމުގެ ތެރެއިން -- ފޮޓޯ: އީސީ

“ދެ ރަދުން” ފޮތް ނެރުމަށް ބޭއްވީ ސިޔާސީ ހަރަކާތެއް ނޫން، ފިޔަވަޅެއް ނޭޅޭނެ: އީސީ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި “ދެ ރަދުން” ފޮތް ނެރުމަށް ބޭއްވި އިވެންޓަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމުގައި އިލެކްޝަންސް ކޮމިޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ، އެ ކޮމިޝަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި އޮންނަނީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ. އެއީ ސިޔާސީ ޕާޓީއަކުން ހިނގާ ހަރަކާތެއްގައި ގާނޫނާއި ގަވާއިދު ހިލާފު ވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ދެ ރަދުން” ފޮތް ނެރެން ބޭއްވި ހަފުލާތަކެއްގައި ރައީސް ނަޝީދު މާސްކް ނާޅުއްވާ އިންނެވިއެވެ. މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް މާސްކް ނާޅުއްވައި ތިއްބެވިއެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ދެ ޕާޓީ ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ފަރާތްތައް ޖޫރިމަނާކޮށް، މަޖިލިސް ރައީސް އާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އީސީން ފިޔަވަޅު އަޅަމުން ދަނީ ހަމައެކަނި ޕީޕީއެމްއާއި ޕީއެންސީއަށް އެކަނި ކަމަށް ބުނެ ކޮމިޝަނަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ވެސް ޝަރީފް ރައްދު ދެއްވިއެވެ. ޝަރީފް ވިދާޅުވީ، އޭނާގެ ދައުރުގައި މިހާތަނަށް ޕީޕީއެމްއާއި ޕީއެންސީގެ އިތުރުން އެމްޑީޕީއާއި، ޑީއާރުޕީއާއި، އެމްޑީއޭއާއި، އެމްޓީޑީއަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އިލެކްޝަންސް އިން ފިޔަވަޅު އަޅަން ބާރުލިބެނީ ސިޔާސީ ހަރަކާތްތަކަށް އެކަނި ކަމަށެވެ. އަދި ފިޔަވަޅު އެޅޭނީ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމެއް ސިޔާސީ ހަރަކާތެއްގެ ތެރޭގައި ހިނގާނަމަ ކަމަށެވެ.

އަދި ފިޔަވަޅު އަޅާއިރު ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ ޕާޓީ ބައިވެރިވެގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ސިޔާސީ ޕާޓީއެއް ބައިވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.