fbpx

ފިރިކަލުންގެ ދިފާއުގައި ދިޔާނާ ނިކުންނަވައިފި !

ރައީސް މައުމޫނަށް ކޯވިޑު ޖެހުނު ހަބަރާއެކު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި “ދަށު ދަރަޖައިގެ” ވާހަކައިގެ ދިފާއުގައި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނިކުމެވަޑައިގެންފިއެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫންގެ ދަރިކަލުން، ގައްސާން މައުމޫން ޓެގް ކުރައްވައި ވިދާޅުވެފައިވަނީ ދޮށީ އުމުރުފުޅުގަ އަދި އާލާސްކަންފުޅުގަ ބައްޕަ ޖަލުގަ ބަންދުކޮށް ގައްސާން މެން އަނިޔާދެމުން ދިޔައިރު ދިފާއުގައި ތިބީ “ޚުދު އަޅުގަނޑުމެން” ކަމަށެވެ.

ގައްސާން ހުންނެވީ ސިޔާސީ ފައިދާއ އޮތް އަތަށް ކަމަށާއި އެ ލައްގަނޑު ނުފިލާނެ ކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެއެވެ.

“އަދި ހާލަތާ އެކަށޭނެ ނުވާގޮތަށް މީހަކު ބުނި އެއްޗެއް، ބޮޑުމަގަށް ނެރެ އާންމުކޮށްގެން ރައީސް މައުމޫންގެ އާލާސްކަންފުޅުގެ ސިޔާސީ ފައިދާ ނަންގަވަން ގައްސާން މިހާރު ތި އުޅުއްވާ އުޅުއްވުމަކީވެސް ހުތުރުކަން ވަކި ކުޑަ އަމަލެއް ނޫން” ދިޔާނާ ވިދާޅުވެފައިވެއެވެ.

ދިޔާނާ އިތުރަށް ވިދާޅުވެފައިވަނީ 32 މިލިޔަން ރުފިޔާގެ މުއާމަލާތގަ ރައީސް މައުމޫން، ދިޔާނާއާވެސް ވާހަކަ ދެއްކެވި ކަމަށާއި އެ ވާހަކަފުޅުތައްވެސް އެބަހުރި ކަމަށެވެ. ދިރިހުރި ބައިވަރު ހެކިންވެސް އެބަތިބި ކަމަށެވެ.

“އެހެނަސް ކޮންމެ ވާހަކަޔަކަށްވެސް ވަގުތާ ހާލަތާ އެށޭނަ ތަނަކާ ގޮތެއް އޮންނާނެ، ޕްރައިވެޓްކޮށް ދެކެވިފަ ހުރި ވާހަކަ ވީމަ އެހުރީ ޕްރައިވެޓްކޮށް، ޓްވިޓާއަކީ ހައްލެއް ނޫން” ދިޔާނާ ވިދާޅުވެފައިވެއެވެ.

ރޭގެ ވަގުތެއްގައި ގައްސާން މައުމޫން ޓްވީޓް ކުރެއްވި އޯޑިއޯއެއްގައި ޖާބިރު ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ކޯވިޑު ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ވަޅުލަން ވާނީ ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ޖާބިރަށް ދިނުމަށްފަހުގައި ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. anga fulhaa kuran ladheh nugany dhiyaana furathama kalayge firimeehaa sarukaarah dhahkan jehay faisaa dhahkan veenun meehunge vaahaka nudhahkaa thiya faisaa dhin kamuge hehkeh ves othee kee noon vihya dhen kon angaeh tha thi aruvanee

ހިޔާލު ދެއްވާ!

Your email address will not be published.