ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅޫޖަހާފައި -- ފޮޓޯ: ފޭސްބުކް
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅޫޖަހާފައި -- ފޮޓޯ: ފޭސްބުކް

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ހިމެނޭ 55 މީހަކު ބަންދުކުރަން އަމުރުކޮށްފިި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާއި ގުޅިގެން ޖެހިގެން އައި ދުވަހު ފެބްރުއަރީ 8، 2012 ގައި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އޮފީސްތަކުގައި ހުޅުޖެހި މައްސަލައިގަ ދައުވާ ލިބޭ 55 މީހަކު ހެކި ބަސް ނަގާ ނިމެންދެން ބަންދުގައި ބައިތުއްބަން ކްރިމިނަލް ކޯޓުން އަުމުރުކޮށްފި އެވެ.

ކޯޓުން ިމިގޮތަށް ހުކުމް ކުރީ ދައުވާ ލިބޭ ބައެއް މީހުން ހެކި ބަސްދޭ މީހުންނަށ ބިރުދައްކާކަން ކޯޓަށް ސާބިތު ކުރެވިގެންކަމަށް އަމުރުގައި ބުނެފައި ވެއެވެ. މި އަމުރު ނެރުއްވި ގާޒީ އަބްދުﷲ މުހައްމަދު ވަނީ އެމީހުންގެ ޝަރީއަތް ބޭއްވުމުގެ ބަދަލުގައި ޝަރީއަތަށް ވެއްދި 55 މީހުން ހެކިންނަށް ބިރުދައްކާކަމަށް ވިދާޅުވެ ބަންދުކުރުމަށް އަމުރު ކުރުމަށް ފަހު ޝަރީއަތް ނިންމާލައްވާފައި އެވެ. މި މީހުންނާއި ދެކޮޅަށް ހެކި ބަސްނަގަނީ ސއްރުކޮށްގެންނެވެ.

މި މައްސަލައިގަ ބަންދުކުރަން އެންގި 55 މީހުންގެ ތެރޭގައި ތިނަދޫ ރަށު ކައުންސިލްގެ ހަތަރު މެންބަރަކާއި ކުރީގެ އަތޮޅު ކައުންސިލް މެންބަރެއް ހިމެނެ އެވެ.

ކޯޓުން މިގޮތަށް އަމުރު ކުރުމައި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ޓެރަރިޒަމްގެ ނަމުގައި ކުރެވޭ އެ ދައުވާ ތަކަކީ އިންސާފަށް ކުރެވޭ ބޭވަފާއެއް ކަމަށް ވިދާޅުވެފައި އެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަންގައި އާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގަ 89 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައި އެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *