އޭސީސީގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އޭސީސީގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ ބައްޕަ، އަދި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިބްރާހިމް ޝާކިރު (ޝާކިރުބެ) އެމްއެންޑީއެފް ކޯސްޓްގާޑުގެ އިމާރާތެއްގައި ގެންގުޅުނު މައްސަލަ ތަހުގީގު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނެއެވެ.

އޭސީސީއިން އެމައްސަލަ ނިންމާފައި ވަނީ ޝިޔާމްގެ ބައްޕާފުޅު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓް ގާޑް މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ދިރިއުޅުނު މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

އަމިއްލަ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ފެސިލިޓީގައި އެއް އަހަރާއި ހަމަސް ދުވަހަށްވުރެ ގިނަ ދުވަހު ގެންގުޅުނު ކަމަށެވެ. އަދި އެ މުއްދަތުގައި ޝިޔާމްގެ ބައްޕާފުޅަށް އެކިއެކި ހިދުމަތް ދެމުން ގެންދިޔައީ ސިފައިންގެ ބޭކަލުން ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ބުނެފައިވާ އަމަލު ޝިޔާމް ހިންގަވާފައިވާ ކަން ތަހުގީގަށް ސާބިތުވެފައި ވިޔަސް، އެ އަމަލުގައި ކޮރަޕްޝަން ނުހިމެނޭނެ ކަމަށް އޭސީސީން ނިންމާފައިވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޝިޔާމަށް ނާޖައިޒު މަންފާ ހޯދައި ދިނުމުގެ އަމަލެއް ކަމަށް ސިޓީގައިވެއެވެ. އަދި މިއީ ގާނޫނޫލް އުގޫބާތުގެ 513 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ކުށުގެ އަމަލެއް ކަމަށް ސިޓީގައިވެއެވެ.

އެހެންވެ، އޭސީސީސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން އެ ކޮމިޝަންގެ މިހާރުގެ މެމްބަރުން ހިންގެވި ޖިނާއީ ކުށުގެ މި އަމަލު ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ސިޓީގައި އެދިފައިވެއެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓްގާޑް ބިލްޑިންގައި ޝާކިރު ދިރިއުޅުއްވަމުން ގެންދެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ކަމަށްވެއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.