fbpx

ޣައްޒާގައި ދިވެހި ރަހަތަކާއެކު ދިވެހިވަންތަ ރެސްޓޯރެންޓެއް !

ފަލަސްތީނުގެ ޢައްޒާގައި ދިވެހި ރަހަތަކާއެކު ދިވެހިވަންތަ ރެސްޓޯރެންޓެއް ހުޅުވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ރިޕޯޓާ ގުޅޭ ވީޑިއޯއެއްވެސް ދައުރުވަމުން އަންނައިރު، އެ ވީޑީއޯއިން ފެންނަނީ ތިން ފަންގިފިލާއަށް، މޫދު ކައިރީގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގައި ކާރުބާރު ބޮޑުކޮށް، ކެއުންތަކަށް މީހުން އިންސާފުކުރާ މަންޒަރެވެ.

ވީޑިއޯގައި ކެއުންތަކަކަށް އިންސާފުކުރަން ތިބި ޣައްޒާގެ ކަނބަލުންތަކެއް ބުނެފައިވަނީ މި ތިބެވެނީ ރާއްޖޭގައި ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

“މިތަން، މި މާހައުލު، މި މޫދު، ބުއިންތައް، ކުރުކޮށް ބުނާނަމަ ހުރިހާ ކަމެއް، ރާއްޖެއަކީ ހަމަ މިތަން ފަދަ ތަނެއް” ވީޑިއޯއިން ފެންނަ އަންހެނަކު ބުނެފައިވެއެވެ.

އެ އަންހެން މީހާ އިތުރަށް ބުނެފައިވަނީ އެ  ރެސްޓޯރެންޓްގެ  ޑިޒައިންތަކުގައިވެސް ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގެ ރުފިޔާގައި ހުންނަ ކުރެހުންތައް ކަމަށެވެ.

“މޯލްޑިވް ގާޒާ” ގެ ނަމުން ނަން ދީފައިވާ މި ރެސްޓޯރެންޓަކީ ޣައްޒާއަށް އުފަން، އުމުރުން 42 އަހަރުގެ އިމާދް އަލް ބިލާ ނަމަކަށްކިޔާ އިންޖިނޭރަކު، އޭނާގެ އިތުރު ބައިވެރިންތަކަކާއެކު ހުޅުވާފައިވާ ރެސްޓޯރެންޓެއް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

  1. So happy seeing our beloved sisters and brothers enjoying life their happy faces made my day as they are part .of our daily dhus Dua May Allah(SW) sustains their happiness, Aameen.

ހިޔާލު ދެއްވާ!

Your email address will not be published.