ޓޫރިޒަމް މިނިސްޓްރީން މެންޑޭޓުން ބޭރުން 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ: އޮޑިޓް

ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަކަށް އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުން 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އެގޮތުން، ކޯވިޑާއި ގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓަކީ މި އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހާއި ހަމައަށް އެ މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ބެހޭގޮތުން ކޮށްފައިވާ އޮޑިޓެކެވެ. އެ މުއްދަތުގައި އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވީ އަލީ ވަހީދެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ސަރުކާރުގައި ވަކި މުއައްސަސާތަކަށް މަތިކޮށްފައިވާ ބައެއް ކަންކަމަށް އެ މިނިސްޓްރީން ހަރަދުކުރުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު އެގޮތުން ކުރި ހަރަދުގެ 99 ޕަސެންޓަކީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންކޮށްފައިވާ ހަރަދުތަކެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑާ ގުޅިގެން، ޓޫރިޒަމް ޓްރަސްޓް ފަންޑުން ފައިސާ ހޭދަކޮށްފައިވަނީ އެ ފަންޑު ކޮމިޓީގެ ހުއްދަ އަކާ ނުލާ ކަމުގައިވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މެންޑޭޓުން ބޭރުން ކޮށްފައިވާ ހަރަދުތައް ކަމަށް ބުނާ ހަރަދުތަކަށް ބަލާލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި ގަން އިންޓަނޭޝަން އެއާޕޯޓްގައި ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތަކެއް ހަރުކުރުމަށް 2.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން ފާމަސޫޓިކަލް ތަކެއްޗާއި އެހެނިހެން އާލާލްތަކުގެ އިތުރުން ހުރިހާ ވަސީލަތްތަކާއި އެކު މޯބައިލް މެޑިކަލް ޓީމެއް ބޭނުންވެއްޖެ ހާލަތަކަށް އެކަން ކުރުމަށްވެސް އެ މިނިސްޓްރީން ހޭދަކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެކަން ކުރުމަށް ހަވާލުކޮށްފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށާއި އެކަން އެސްޓީއޯފަދަ ދައުލަތުގެ ހިއްސާ އޮތް ކުންފުންޏެއް މެދުވެރިކޮށް ކުރިނަމަ 1.8 މިލިއަން ރުފިއާ ހަރަދުނުކޮށް ސަލާމަތްވީސް ކަމުގައިވެސް ބުނެފައިވެއެވެ.

މިފަދަ އޮޑިޓް ރިޕޯޓެއް ތައްޔާރުކޮށްފައިވާއިރު އެ މުއްދަތުގައި މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކޮށްފައިވަނީ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއިއެކުގައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.