ކުނިން ހަކަތަ އުފައްދަން އޭޑީބީން ރާއްޖެއަށް 1.1 ބިލިއަން ރުފިޔާގެ ލޯނެއް

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގަން އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީން) އިން ރާއްޖެއަށް 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ) ލޯނެއް ދޭން ނިންމައިިފި އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީން މަޢުލޫމާތުދޭ ގޮތުގައި ރާއްޖެއަށް 1.1 ބިލިއަން ރުފިޔާ ނުވަތަ 73.9 ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވަނީ މާލެ ސަރަޙައްދުގައި ކުނިން ހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތަށެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭވަރުގެ ޕްލާންޓަކަށްވާއިރު، މި ޕްލާންޓް މެދުވެރިކޮށް 8 މެގަވޮޓްގެ ކަރަންޓް އުފައްދާނެއެވެ.

މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިނި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.
މި މަޝްރޫއުގައި ވައި ނުސާފުވުން ކޮންޓްރޯލް ކުރެވޭ ނިޒާމަކާއި ބާކީ ހުންނަ ކުނި ރައްކާތެރި ކަމާއެކު ނައްތާލުމަށް ހާއްސަ ކުނިކޮއްޓެއް ވެސް ހަދާނެ އެވެ.

މި މަޝްރޫއު ހިންގަން އޭޑީބީ އިން ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެނެވެ. އެ ފަރާތުން 15 އަހަރަށް މި ތަން ބަލަހައްޓައި ދޭނެ އެވެ.

އޭޑީބީ އިން ވަނީ މި މަޝްރޫއުގެ ދަށުން އެންވަޔަރުމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ފަންނީ ގާބިލްކަން އިތުރުކޮށް އާއްމުންގެ މެދުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހޭލުންތެރި ކުރުވަން ހޭދަ ކުރުމަށް ވެސް ނިންމާފަ އެވެ. މީގެ އިތުރުން އީޕީއޭ އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރީގެ ފަންނީ ގާބިލްކަން އިތުރު ކުރަން 500،000 ޑޮލަރުގެ ހިލޭ އެހީ އެހީއެއް ވެސް ދޭނެ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ވެސް 27.74 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން އެހީވެދޭ އެއް ޖަމިއްޔާއަކީ އޭޑީބީ އެވެ. އެ ޖަމިއްޔާ އިން ދާދި ފަހުން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފަ އެވެ. އޭޑީބީ އިން ވަނީ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) ދީފަ އެވެ. އޭޑީބީން ދީފައިވާ މި ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.

މާލެ ސަރަޙައްދުގައި ގިނަ ރަށްތަކަކާއި ރިސޯޓްތަކެއް ހުންނައިރު، ތިލަފުށީގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 830 ޓަނުގެ ކުނި އެކި ތަންތަންތަނަށް ޖަމާކޮށް، ނުވަތަ އަންދާލަންޖެހެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.