ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

މިނިވަންކަމަށް  ބުރުލެއް އަރާފާނެ ފަދަ ކަމަކަށް ފުރުސަތު ނުދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރާއްޖޭގެ މިނިވަން ކަމުގެ ރަން ޔޫބީލް ފާހަގަ ކުރަމުން އަންނައިރު ގައުމުގެ މިނިވަން ކަމަށް ކުޑަވެސް ބުރުލެއް އަރާނެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮތް 862 އަހަރުގެ ތެރޭގައި ވެސް އަދި އޭގެ ފަހުން ވެސް ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ ހަގީގީ އަސްލަކީ ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ އަގުނުކުރެވޭފަދަ ހަދިޔާ ކަމަށާއި މިއަދު އެންމެންގެ ކޮނޑުގައި އެޅީފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ މިނިވަން ކަން ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ތެދުވެރި އިހުލާސްތެރި ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށް ވިދާޅުވެ ރާއްޖެއާއި ކުރިމަތިވާ ހުރިހާ ގޮންޖެހުމަކާވެސް ކެތްތެރި ކަމާއެކު ކުރިމަތިލުމަށް ދިވެހިންނަށް ރައީސް، އިލްތިމާސް ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ހަގީގީ އަސްލަކީ ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ އަގުނުކުރެވޭފަދަ ހަދިޔާ ކަމަށެވެ. އަދި މިއަދު އެންމެންގެ ކޮނޑުގައި އެޅީފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެ މިނިވަން ކަން ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ މިނިވަން ގައުމަކަށް ހެދުމަށް ތެދުވެރި އިހުލާސްތެރި ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި ކުރިމަތިވާ ހުރިހާ ގޮންޖެހުމަކާވެސް ކެއްތެރި ކަމާއެކު ކުރިމަތިލުމަށް ދިވެހިންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިވަން ކަމަށް ކުޑަވެސް ބުރުލެއް އަރާނެ ފަދަ އެއްވެސް ކަމަކަށް ކުޑަވެއް ފުރުސަތެއް ނުދިނުމަށް އިލްތިމް ކުރާ ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ނިޝާން ޣާޒީ އިއްޒަތުގެ ވެރިޔާ ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސއްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ގައުމަށް މިނިވަންކަން ހޯދުމަށް އެކި ދުވަސްމަތިން އެކި ބޭފުޅުން ކުރެއްވި މަސައްކަތް ކުޑަކުދިންނަށް ކިޔައިދޭންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދިވެހިންގެ މިނިވަންކަން އަބަދައް ދެމިގެން ދިއުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *