ދުނިޔޭގައި ފުރަތަމަ މެލޭރިޔާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފި!

ދުނިޔޭގައި ފުރަތަމަ މެލޭރިޔާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕްގެ ކަމާ ބެހޭ ފަރާތްތަކުން ދީފިއެވެ.

އާރު.ޓީ.އެސް.އެސް ނުވަތަ މޮސްކިއުރިކްސް ގެ ނަމުން ނަން ދެވިފައިވާ މި ވެކްސިންގެ ސަބަބުން ސަބް ސަހާރަން އެފްރިކާގެ އެތައް މިލިއަން ކުދިންއެއް މި ނުރައްކާތެރި ބަލިން ސަލާމަތް ވާނެކަމަށް ލަފާ ކުރެވިފައިވެއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން މައުލޫމާތު ދޭގޮތުގައި 2013 ވަނަ އަހަރު އެކަނިވެސް މެލޭރިޔާ ޖެހިގެން 627،000 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިންވެސް 562،000 މީހުންނާއި ކުޑަކުދިން ނިސްބަތްވަނީ އެފްރިކާއަށެވެ.

އާރު.ޓީ.އެސް.އެސް ނުވަތަ މޮސްކިއުރިކްސް އަކީ 100 ޕަސެންޓް މެލޭރިޔާ ދިފާއު ކުރާ ވެކްސިން އަކަށް ނުވުމުން މަދިރިގެއާއި، މަދިރި ބޭސްފަދަ ތަކެއްޗާއެކު މި ވެކްސިން ބޭނުން ކުރުމަށް ވެކްސިން އުފެއްދި ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޖީ.އެސް.ކޭ އިން އުފައްދާފައިވާ މި ވެކްސިން އުފެއްދުމަށް 30 އަހަރާއި 565 މިލިއަން ޑޮލަރު ހޭދަވެފައިވެއެވެ. ނަމަވެސް އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި ވެކްސިން ވިއްކަން ހަމަޖެހިފައިވަނީ މި ވެކްސިންގެ ވިޔަފާރީގެ ފައިދާ އެ ކުންފުންޏަށް ނުނަގާގޮތަށެވެ.

ވާރލްޑް ހެލްތް އޯގަނައިޒޭޝަންއިން ދަނީ މިވެކްސިން އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިއަހަރުގެ ފަހު ކޮޅު މިވެކްސިން ބޭނުން ކުރަން ފަށާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *