ހައިސެންސް އޭސީ ރެޑްވޭވް އިން ޕްރީއޯޑަރއަށް – ރާއްޖޭގެ މާހައުލަށް ހާއްސަ، ފެންވަރު ރަނގަޅު އެސީއެއް

އިލެކްޓްރޯނިކްސް އުފެއްދުމުގައި ދުނިޔޭގައި ނަން މަޝްހޫރު ހައިސެސް ބްރޭންޑްގެ އެއަރކޯން ރެޑްވޭވް އިން ތައާރަފްކޮށް ޕްރިއޯޑަރ އަށް މިހާރުވަނީ ހުޅުވާލާފައެވެ. ހައިސެންސް އަކީ ދިވެހިންނަށް އާ ބްރޭންޑެއް ނޫނެވެ. އެގޮތުން ހައިސެންސް ބްރޭންޑް ޓީވީ އަކީ ދިވެހިން އެއަށް ދެވަނައެއް ނެތްފަދަ އިތުބާރެއް ކުރަމުން އަންނަ ޓީވީ އެކެވެ. މިފަހަރު ހައިސެންސް ބްރޭންޑުގެ އޭސީ ރެޑްވޭވުން ތައާރަފް ކުރާއިރު، މިމޮޑަލް އަކީ މުޅި ރާއްޖެއަށްވެސް އަލަށް ތައާރަފް ކުރެވިގެންދާ މޮޑެލްއެކެވެ.

ހައިސެންސް ބްރޭންޑް އޭސީގައިވެސް އެހެން ބްރޭންޑުތަކާއި އެއްގޮތަށް އިންވާޓަރ ހިމެނެއެވެ. ކަރަންޓް ހަރަދު އިންތިހާއަށް ކުޑަކޮށްދެއެވެ. ނަމަވެސް ހައިސެންސް ބްރޭންޑުގެ އޭސީ ތަފާތު ވެގެންދަނީ އޭގައި ހިމެނޭ “ގޯލްޑްފިން ޓެކްނޮލޮޖީ”ގެ ސަބަބުންނެވެ. ރާއްޖޭގައި ހަރުކުރެވޭ އެސީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ، އޭސީގެ އެތެރޭގައިވާ ކޮންޑެންސަރ އަދި އެވަރޕޮރޭޓާރގައި ދަބަރުޖެހުމެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ ރަށްރަށުގެ ވައިގެ ތެރޭގައިވާ ލޮނު، އޭސީއަށް ވަދެ ދަބަރުޖެހުމަށް އިތުރަށް މަގުފަހިވެއެވެ. ގޯލްޑްފިން ޓެކްނޮލޮޖީގެ ސަބަބުން އޭސީގެ އެތެރޭގައި ދަބަރުޖެހުން ހުއްޓުވާލައެވެ. އަދި އޭސީގެ ޕާފޯރމަންސް އަށް ބަދަލު އައުމެއްނެތި އެތަކެއް އަހަރު ތަކަކަށް އޭސީ ބޭނުން ކުރެވެއެވެ.

މީގެ އިތުރުންވެސް ހައިސެންސް އޭސީގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި، “އީކޯ ފްރެންޑްލީ” R32 ގޭހެވެ. މިގޭހަކީ ހަރަދު ކުޑަ އަދި ފިނިކޮށްދިނުމުގައި މާއެކަށޭނަ ގޭހެކެވެ. އަދި މީގެ އިތުރުން ހައިސެންސް އޭސީގައި ރޫމްގެ ފިނިހޫނުމިން ދެނެގަނެ އޭސީގެ ފިނިމިން ކަނޑައަޅައިދޭ ހާއްސަ މޯޑެއްވެއެވެ.

ހައިސެންސް އޭސީ ޕްރިއޯޑަރ އަށް ހުޅުވާލެވިފައިވާއިރު ހަތަރު ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ. އެގޮތުން 10,000BTU ގެ އޭސީ 4,690ރ އަށް، 12,000BTU ގެ އޭސީ 5,390ރ އަށް، 18,000BTU އޭސީ 5,790ރ އަށް އަދި 24,000BTU ގެ އޭސީ 7,590ރ އަށް ލިބިގެންދާނެއެވެ. 1 ސެޕްޓެމްބަރުގެ ނިޔަލަށް މިއަގުތަކުގައި ހައިސެންސް އޭސީ ޕްރިއޯޑަރ ކުރެވޭނެއެވެ. ހައިސެންސް އޭސީ އާއި އެކު ހިލޭ ބްރެކެޓް އަދި އިންސްޓޯލް ކުރާ ކިޓެއް ލިބިގެންދާނެއެވެ. އަދި 1 އަހަރުގެ ސާރވިސްވޮރަންޓީ ލިބިގެންދާނެއެވެ. މީގެ އިތުރުން އޭސީ ގަތުމާއިއެކު، ގެޔަށް އަދި ބޯޓަށްވެސް މުޅިން ހިލޭ ޑެލިވަރީކޮށްދެވޭނެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.