ކުރިޔަށް އޮތް ތިން ހޮނިހިރުގައި ޕާސްޕޯޓު ދޫކުރަނީ

ޕާސްޕޯޓް ހެއްދުމަށް ގިނަ އަދަދެއްގެ ފޯމް ނަގާފައި ހުރުމުން ކުރިޔަށ އޮތް ތިން ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ އަގަށް ބަދަލު ގެނައުމުގެ ކުރިން ޕާސްޕޯޓު ހައްދަން ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދިން ފުރުދަތުގައި ނަންބަރު ނަގާފައިވާ ފަރާތްތަކަށް ޕާސްޕޯޓު

ދޫކުރުމަށް މިމަހުގެ 22 ވަނަ ދުވަހާއި 29 ވަނަ ދުވަހުގެ އިތުރުން ޑިސެމްބަރު މަހުގެ ހައެއްވާ ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ. އެ ދުވަސްތަކުގައި ދޫކުރާނީ ކަނޑައަޅާފައިވާ ދުވަސްތަކަށްވުރެއް ކުރީގެ ތާރީހަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓްތަކެވެ.

އިމިގްރޭޝަނުން ކަނޑައަޅާފައިވާ ތިން ދުވަހުގައި ޕާސްޕޯޓް ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން 2:30 އަށެވެ. އަދި ޕާސްޕޯޓް ދޫކުރާނީ ހެނދުނު 09:00 އިން ފެށިގެން ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ ޕާސްޕޯތް ހައްދައިދޭ އަގުތަކަށްވެސް ބަދަލުގެނެސްފަ އެވެ. އެގޮތުން 32 ސަފްހާގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް މިހާރު ހައްދައިދޭނީ 1000ރ. އަށެވެ. އަދި 64 ސަފްހާގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް ހައްދައިދޭނީ 1500ރ. އަށެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދައިދެނީ 600ރ. އަށެވެ.

ޕާސްޕޯޓް ގެއްލުމުން ނުވަތަ ހަލާކުވުމުންނާއި އިހުމާލުވުގެ ސަބަބުން ޖޫރިމަނާގެފީއަކީ 5000 ރުފިޔާއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *