މާލެ ލޮކްޑައުންކޮށްފައިވާތީ ބަނދަރާއި ކައިރި ކޮށްގެން ދޯންޏަކުން މަސް ވިއްކަނީ -- ދުވަސް ފޮޓޯ: ނަޒީމް ނައުޝާދު
މާލެ ލޮކްޑައުންކޮށްފައިވާތީ ބަނދަރާއި ކައިރި ކޮށްގެން ދޯންޏަކުން މަސް ވިއްކަނީ -- ދުވަސް ފޮޓޯ: ނަޒީމް ނައުޝާދު

މާލޭގައި ނުބައި ސަރަހައްދެއްގައި އުޅަނދު ބަނދަރުކޮށްފި ނަމަ ހުރިހާ އަދަބެއް ކެޕްޓަނަށް

ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ގެނައި ބަދަލާއި އެކު މާލެ ސިޓީގައި ބަނދަރު ކުރާ އުޅަނދުތަކަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުގައި ކަނޑު އުޅަނދު ފަހަރު މަޑުކޮށް މީހުން ބާލައި ހަދައިފި ނަމަ އެ އުޅަންދެއްގެ ކެޕްޓަން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

މާލޭއަށް އަރައި ފޭބުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައަޅައި ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައި އެވެ. އެ ސަރަހައްދުތަކަކީ:

އަތޮޅުތަކުން އަންނަ ދޯނި ފަހަރާއި މުދާ ހިފައިން މާލެ އަންނަ ބޯޓު ފަހަރު: ޓީ ޖެޓީ އަދި މާލޭ ނޯތު ހާބަރު

މަސް ދޯނި ފަހަރު: ހުޅުމާލޭ ޖެޓީ

ރިސޯޓުތަކުން މާލެ އަންނަ އުޅަނދުތައް: ފަސް ނަމްބަރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ

އަތޮޅުތަކުން މީހުން ގޮވައިގެން އަންނަ ލޯންޗުތައް: އެއް ނަމްބަރު ޖެޓީ

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ސިޓީ ކައުންސިލްއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން ތަންތނުގައި ބަނދަރު ކުރާ އުޅަނދުތައް ދެނެގަނެ ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި މާލެ އަށް މީހުން އަރާ ފޭބުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ނޫން ތަންތަނަށް އުޅަނދުތަކުން މީހުން އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ދެ ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި މި ގަވައިދާ ހިލާފުވާ އުޅަނދުތަކުގެ ކެޕްޓަނުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ޖޫރިމަނާ ކުރަން ނިންމާފައިވާ އަދާއި އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާއި ހިލާފުވާ ފަރާތްތަކުން މިހާރު ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިން ނެވެ. އެގޮތުން މާލޭގައި އާންމު ތަންތަނުގައި މާސްކު ނޭޅުމުގެ އިތުރުން ކާފިއު ހިންގާ ގަޑީގައި ބޭރުގައި އުޅޭ ނަމަ ޖޫރިމަނާ ކުރާނެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.