fbpx

ސުޝާންތާއި ދިޝާ--
ސުޝާންތާއި ދިޝާ--

ސުޝާންތާއި އޭނާގެ މެނޭޖަރު ދިޝާ އަމިއްލައަށް މަރުވުމުގެ ފަހަތުގައި އެއްބައެއް!

ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު ސިންގް ރާޖްޕުޓު އަމިއްލައަށް މަރުވުމާއި އޭނާގެ މެނޭޖަރު ދިޝާ ސަލިއާން މަރުވި މައްސަލައިގެ ފަހަތުގައި ހިމެނެނީ އެއް ބައެއްކަމުގެ ތުހުމަތު ކުރެވެން ފަށައިފި އެވެ.

މުމްބާއީގެ ބާންދްރާގައި ސުޝާންތު ދިރިއުޅޭ އެޕާޓްމެންޓުގައި ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާގެ މެނޭޖަރު ދިޝާ މަރުވެފައިވަނީ އިމާރާތަކުން ވެއްޓި އޭގެ ހަ ދުވަސް ކުރިންނެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގަ މުޅި އިންޑިއާ ގުޑަމުންދާއިރު އެއް ދުވަހުން އަނެއް ދުވަހަށް ތިލަވަމުންދާ ވާހަކަތަކުން ސުޝާންތު އަމިއްލައަށް މަރުވީ ކަމަށް ބުނެވެން ނެތްކަން ދަނީ ހާމަވަމުންނެވެ. އެއަށްވުރެ ބޮޑަށް ބުރަވެވެނީ ބަޔަކު ތިބެގެން އޭނާ ލައްވާ އަމިއްލައަށް ދަންޖެހިގެން މަރުވާން މަޖުބޫރު ކުރިވީކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން ރޭ އިންޑިއާ މީޑިއާއަށް ތިލަވެފައިވާ ވާހަކަތަކަށް ބަލާއިރު ދިޝާ އާއި ސުޝަންތުގެ މަރުވެފައިވަނީ އަމިއްލައަށް ނޫންކަމާއި އެ ދެމީހުންގެ މަރުގެ ފަހަތުގައި ވަނީ އެއްބައެއް ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު ބޮޑުވެފައިވެ އެވެ. ސުޝާންތުގެ ވަރަށް ގާތް އެކުވެރިއަކު ބުނީ ދިޝާ މަރުވިތާ ތިން ދުވަަސް ފަހުން އަދި ސުޝާންތު މަރުވުމުގެ ތިން ދުވަސް ކުރިން ދިޝާގެ މަރާ ގުޅޭގޮތުން އޭނާ މީޑިއާގައި ވާހަކަ ދައްކަން ބޭނުންވާ ކަމަށް އެކުވެރިޔާ ގާތުގައި ބުނިކަމަށް ބުންޏެވެ.

އެއީ ކޮން ވާހަކައެއްތޯ ސުވާލު ކުރުމުން ސުޝާންތު ބުނިކަމަށް ވަނީ ދިޝާ މަރުވުމުގެ ހަފްތާއެއް ކުރިން މެނޭޖަރުގެ ހައިސިއްޔަތުން ސުޝާންތު ގިނައިން ބޭރަށް ނުދިއުމަށް އެދުނު ކަމަށެވެ. އަދި ބޮލީވުޑްގެ މަޝްހޫރު މީހުންނާއި އެކު ޕާޓީކޮށް ނެހެދުމަށް އާދޭހާއި އެކު ދިޝާ އެދުނު ކަމަށް ސުޝާންތު އެކުވެރިއާ ކައިރީ ބުނިކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އެ ދެމީހުންގެ މަރު ބޮލީވުޑްގައި ނުފޫޒު ގަދަ މީހުންނާއި ގުޅުވުމުގެ ފުރުސަތު ވަނީ ބޮޑުވެފައި އެވެ. ސުޝާންތު މަރުވީންސުރެ އޭނާގެ މަރުގެ މައްސަލައިގަ އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ބޮލީވުޑްގައި މަޝްހޫރު ފިލްމު އުފައްދާ ފަރާތްތަކެވެ.

އޭގެ ތެރޭގައި ކަރަން ޖޯހަރު، ސަންޖޭ ލީލާ ބަންސާނީ، މަހޭޝް ބަޓް، އަދިތިޔާ ޗޯޕްރާ އަދި ރާޖީވް މަސަންދު ހިމެނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުޝާންތަކީ އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ކުރިއަރަމުން އައި މީހަކަށް ވުމުން ނުފޫޒުގަދަ އެ ޑައިރެކްޓަރުން ވަނީ ސުޝާންތައް ފިލްމުތައް ނުލިބޭނެ ގޮތް ހަދައި، އޭނާގެ ފިލްމުތައް މަޝްހޫރު ވިޔަސް އެ ފިލްމުތަކުގައި ކުޅެފައިވާ ރޯލަށް ސުޝާންތައް އާންމުންގެ ސަޕޯޓު ނުލިބޭ ގޮތަށް ވާހަކަ ދައްކާފައި އެވެ.

މި މައްސަލައިގަ އެމީހުންނަށް އެއްބާރުލުން ދިން ކަމަށް ބުނެ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަށްވެސް ދަނީ ތުހުމަތުތަކެއް ކުރެވެމުންނެވެ. ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެއް ދުވަހުން އަނެއް ދުވަހަށް އާ ކަންތައްތަކެއް ފެންމަތިވަމުން ދާތީ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އިއްވި ހުކުމުގައި ވަނީ މި މައްސަލައިގެ ތަހުގީގު ސީބީއައި އިން ކުރިޔަށް ގެންދިއުމަށް އަމުރުކޮށްފައި އެވެ.

މިކަމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ އެ ނިންމުމާއި މެދު ހިތްހަމަ ޖެހޭކަން ހާމަކޮށް ސުޝާންތުގެ މަރަށް އިންސާފު ލިބުމުގެ މަލަމަތި ފެންނަން ފަށާފައިވާ ކަމަށް ބުނެފައި އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.