ފިރިހެނެއްގެ މޭމަތީގައި ބާސްކެޓު ބޯޅައަކާއި އެއްވަރު މޫނެއް އުފެއްދުމަށް ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރަމުން އެބަދެއެވެ.
ޔަން ޖިއަންބިން ނަމަކަށް ކިޔާ މި މީހާއަކީ ކަރަންޓު ޖެހުމުގެ ސަބަބުން މޫނު ވަރަށް ބޮޑަށް ހަލާކު ވެފައިވާ މީހެކެވެ. ޑޮކްޓަރުން ޔަންގެ މޭމަތީގައި އިތުރު މޫނެއް ހަދަން ނިންމާފައި ވަނީ މީނާގެ އަސްލު މޫނަށް ފަރުވާ ނުދެވޭ ވަރަށް ހަލާކުވެފައި ވާތީއެވެ.
ޑޮކްޓަރުންގެ ޓީމުން ބުނާ ގޮތުގައި ޔަންގެ މޭމަތީގައި ހަދާ މޫނު ނިމޭ އިރު ހުންނާނީ އަސްލު އިންސާނެއްގެ މޫނު ހުންނަ ބައްޓަމަށެވެ.
މޭމަތީގައި ހަދާ މޫނުގެ މަސައްކަތް ފެށިތާ 6 މަސް ވެފައި ވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2 އަހަރު ފަހުންނެވެ.