ޖުލައި 26 ޕެރޭޑަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތައްޔާރުވަނީ - ދުވަސް ފޮޓޯ: އަރުޝަދު
ޖުލައި 26 ޕެރޭޑަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތައްޔާރުވަނީ - ދުވަސް ފޮޓޯ: އަރުޝަދު

ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުން ފުރަތަމަ ފަހަރަށް ޕެރޭޑް ގައި

ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުން ފުރަތަމަ ފަހަރަށް މިއަހަރު ޖުލައި 26 ގެ ޕެރޭޑްގައި ބައިވެރިވާނެއެވެ.

މިނިވަން 50 ފާހަގަ ކުރުމަށް ބާއްވަން ހަމަޖެހިފައިވާ ޕެރޭޑްގެ ފަރިތަކުރުންތައް، ގިނަ މުއައްސަސާތަކާއެކު   ރޭ ކުރިޔަށް ދިޔައިރު، މި ފަހަރު އަލަށް ފެނިގެން ދާ މުއައްސަސާ ތަކުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ މީގެ ކުރިން މިކަހަލަ ހަރަކާތް ތަކުގައި ބައިވެރި ވެފައި ނުވާ އަދި އެހެން ގޮތަކަށް ދަންނަވާނަމަ އާންމު ރައްރިތުންނަށް މީ ގެއްލިފައިވާ ބައެކެވެ. ނަމަވެސް ފަހަކަށް އައިސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ފާހަގަ ކޮށްލެވެނީ ޖަލުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ އިތުރުން، އިޖްތިމާޢީ މިކަހަލަ ވަރަށް ގިނަ ޙަރަކާތް ތަކެއްގައި ބަވެރިވަމުން އަންނަ މުއައްސަސާއެއްގެ ގޮތުގައެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ ޕެރޭޑްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ 90 ވަރަކަށް އޮފިސަރުން ހަރަކާތްތެރިވާނެއެވެ. އަދި 1 މަސް ދުވަހުގެ ފަރިތަކުރުން ތަކަކަށް ފަހު، ރޭ ބޭއްވި ފަރިތަކުރުން ތަކުގައިި ގިނަދުވަސްވީ މުވައްސަސާ ތަކަކާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ އެއްވެސް ތަފާތެއް ހުރިކަމަކަށް އަޅުނގަޑަކަށް ނުފެނެއެވެ. އެކަމަކު އަޅުގަނޑަށް ފާހަގަ ކުރެވުނީ ރޭގައި ބޭއްވި ފަރިތަކުރުން ތަކުގައި ކޮންމެ ސްކޮޑެއްގައިި 90 އާއި ގާތްކުރާ އަދަދަކަށް ބައިވެރިން ތިބިއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްކޮޑް ވަނީ އެންމެ ފަހަތުގައެވެ. އެއީ ސުކޫލް ތަކުގެ އެންމެ ޅަކުންދިގެވެސް ފަހަތުގަ އެވެ. ސްކޮޑްތައް އަތުރާފައިވާ އިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން އެންމެ ފަހަތުގައި ތިބުމަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދުނު ކަމެކެވެ.

އަޅުގަނޑަށް ފާހަގަކޮށްލެވުނު އަނެއް ކަމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ފިޔަވައި އެހެން ހުރިހާ މުއައްސަސާ ތަކެއްގެ ބައިވެރިން ތިބީ ބަޑި ހިފައިގެންކަމެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ތިބީ މުގުރު ހިފައިގެންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން މުގުރު ހިފައިގެން ތިބީ އެމް.ސީ.އެސް އަށް އަށް ހުއްދަ ދެވިފައިވާ ހަމައެކަނި ހަތިޔާރަކީ މުގުރަށް ވާތީ ކަމަށްވެސް ޤާބޫލުކުރެވެއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުނަށް މި ފަހަރުގެ މިނިވަން 50 ޕެރޭޑްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިފައިވަނީ ވަނީ މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިންގެވުމާއި ޙަވާލުވެ ހުންނެވި ކަމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ގެ ބުރަ މަސައްކަތުންނެވެ. ހުޝާމް އަކީ އެމް.އީ.އެސްގެ ކެޑޭޓްކޯރ އަދި އެމް.އެން.ސީ.ސީ ގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *