ރައީސް އިބްރާހިމް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ފެނާއި ނަރުދަމާގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ނަރުދަމާ އާއި ފެނުގެ ބިލް ރައިސުލްޖުމްހޫރިއްޔާ އުބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ފެނާއި ނަރުދަމާގެ ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. އަދި، ގާނޫނު ގެޒެޓުގައި ޝާއިއު ކުރުމާއިއެކު، އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.

މިބިލަކީ ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. އެ ބިލު ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ.

ފެނާއި ނަރުދާއަށް ގާނޫނެއް ހެދުމަށް ނިންމީ ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއެކު، ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ އޮތޯރިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރުމަށެވެ. އަދި ސާފު ފެން ލިބުމާއި، އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށެވެ.

މި ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ޒިންމާތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ.

އަދި ފެނާއި ނަރުދަމާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބަހައްޓައި، މައްސަލައެއް ދިމާވެއްޖެނަމަ، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.