fbpx

އިދިކޮޅު މުޒާހަރާތައް މާދަމާރޭ ފަށަނީ

އިދިކޮޅު ސިޔާސީ ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އާއި ޕީއެންސީގެ މުޒާހަރާތައް މި ޢީދު ބަންދުގެ ފަސް ދުވަހަށްފަހު އަލުން ފަށަން ނިންމައިފިއެވެ.

އެގޮތުން މި ދެ ޕާޓީ ހިމެނޭ ކޯލީޝަންގެ ތަރުޖަމާނު، ހީނާ ވަލީދު، ޕީޕީއެމްގެ ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި ބުނެފައިވަނީ “މިނިވަން އިހްތިޖާޖް” ނަމުގައި ކުރިއަށްގެންދާ ރައްޔިތުންގެ ސުލްހަވެރި އިހްތިޖާޖް، ޢީދު ބަންދުގެ ފަސް ދުވަހަށްފަހު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި ޢީދު ބަންދުގެ ފަސް ދުވަސް ހަމަވާނީ މާދަމައަށެވެ.

ޢީދު ބަންދުގެ ކުރިން އެ ކޯލީޝަނުން ވަނީ މާލޭގައި އިހްތިޖާޖް ކޮށްފައެވެ. އެ އިހްތިޖާޖުގައި، އިހްތިޖާޖުގެ ތެރެއިން ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އިދިކޮޅު ކޯލީޝަނުން އެކަން ދޮގުކުރެއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. މިމީހުންގެ ދެކަންފަތެކޭ ނެތް އެއްޗެކޭ އެއްވަރު.. ހަރަންކޯރުވި ބައިގަނޑެއް..

  2. duniye mihaa thanah dhekefai nuvaa mibalimadu kan filuhvaathoa gadha keerithi Allahah dhuaa kohbala emmen ehthanve.verikan bahkureveytho nubalai.

  3. މިވަގުތު މުޒާހަރާ ކުރން ހުއްޓާލާ މިހާލަތުގަވެސް މުޒާހިރާތަ ކުރަންވީ
    ރައޔިތުން ދެކެ ލޯބިންތަ ނޫނީ ރައްޔިތުންގެ ހަލާކަށް ދޯ

ހިޔާލު ދެއްވާ!

Your email address will not be published.