ރޯދަމަހު ދުވާލު ކައިގެން، މޮރޮކޯގައި ދެމީހަކު ޖަލަށް ލައިފި

ނިމިދިޔަ ރޯދަމަހު ދުވާލުގަނޑީގައި ކޭ، ދެމީހަކަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް މޮރޮކޯގެ ކޯޓަކުން އިއްވައިފި އެވެ.

އެ ދެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދުވާލު، ރޯދަޔަށްތިބެ، ހަނަފަސް ސަރަހައްދަކަށްގޮސް ވަގަށް ކޭ މައްސަލައިގައެވެ.

މި ހުކުމާއިމެދު އެގައުމުގެ އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާއަތުން ވަނީ އެ ދެމީހުން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ.

މޮރޮކޯގެ ގާނޫނު ބުނާގޮތުން ޖާއިޒު އުޒުރެއްނެތި ރޯދަ ދޫކޮށްލައިފިނަމަ ދިގުވެގެން ހަމަސް ދުވަހުގެ މުއްތަކަށް ޖަލަށް ލެވިދާނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *