ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށް މުހިންމު ވަނީ 65 އަހަރުން މަތީ މީހުން ނުލައި، ވައިބާ ގްރޫޕް ހެދުންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމަށް މުހިއްމު ތިން މައްސަލައެއް ފާހަގަކޮށްފައި ވެ އެވެ. އެގޮތުން ވަކި ބަޔަކު ސެލްފީ ނެގުމާއި، ވަކިބަޔަކަށް ސަޕޯޓު ކުރުމާއި، 65 އަހަރުން މަތީ މީޙުން ނުލާ ވައިބާ ގްރޫޕް ހެދުމަކީ އެ ޕާޓީއަށް މުހިންމު މައްސަލަތައް ކަމުގައި އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ.
PPM ah Muhimmu Massalathah.
1- Vaki Bayeh Selfie Negun.
2- Vaki Bayakah Isupport Kurun.
3- 65 Aharun Mathee Meehun Nulaa Viber Group Hedhun.— Ali Waheed (@ali20waheed) July 19, 2015
އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުލައި، ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވައިބާ ގްރޫޕެއް ހެދި މައްސަލަ ހޫނުވެގެން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށެވެ.
One Response
މި ނޫހަކީ އަލީ ވަހީދާއި މަޚުލޫފު ފަދަ ޚާއިނުން ކުރާ ތާކުންތާކު ނުޖެހޭ ޓްއީޓްތައް ޚަބަރުތަކުގެ ސުރުޚީތަކަށް ގެނެސް އެ މީހުން އިޝްތިހާރުކުރަން ކަމަށް ވާނަމަ، މި މީހުންނަށް އެސްޓީއޯއިން ސްޕޮންސަރ ކުރުމާމެދު ވިސްނަންޖެހޭ. މި ނޫހުގެ ”ދުވަސް“ ދަނީބާ؟؟