ކެލާ ނަރުދަމާ ޤާއިމު ކުރުމުގެ ތަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
ކެލާ ނަރުދަމާ ޤާއިމު ކުރުމުގެ ތަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ

ހއ. ކެލާގައި ނަރުދަމާ ނިޒާމްގެ މަޝްރޫއު ފަށައިފި

ހއ. ކެލާގައި 54 މިލިއަން ރުފިޔާގެ ނަރުދަމާ ނިޒާމް މަޝްރޫއުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން ހިންގާ މި މަޝްރޫއުގެ ދަށުން 20 ކިލޯމީޓަރުގެ ހޮޅި ވަޅުލައި ހަތަރު ސްވަރޭޖް ޕަމްޕު ސްޓޭޝަން ބަހައްޓައި އައުޓްފޯލް ސިސްޓަމެއް ގާއިމްކުރާނެ އެވެ. މި މަސައްކަތް ނިންމަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހަށެވެ.

މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނެވެ.

އެމްޑަބްލިއުއެސްސީން މިހާރު ވެސް އަންނަނީ 16 ރަށެއްގައި ނަރުދަމާގެ މަސައްކަތާއި ހަތަރު ރަށެއްގައި ފެނުގެ މަޝްރޫއު ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *