ހައިކޯޓް، ކޮފީ، ޑޮލަރު، ގްލުކޯޒް: މީ އިންޑިއާ އަވަށެއްގެ ކުދިންނަށް ކިޔާ ނަން ނަން

ދުވަސް އެމްވީ

އިންޑިއާއަށްކުރާ ދަތުރެއްގައި ބެންގަލޯރު ކައިރީގައި އޮންނަ ބަދުރާޕޫރަށް ޒިޔާރަތް ކޮށްލުން ބުއްދިވެރިއެވެ. ގޮސް ދިމާވާ މީހެއްގެ ގާތު “ކޮފީ” އޭ ބުނެފިނަމަ ލިބޭނީކީ ކޮފީތައްޓެއް ނޫނެވެ. އެއީ އެއަވަށު ކުޑަކުއްޖަކަށް ކިޔާ ނަމެކެވެ. “އިންގްލިޝް” އިނގޭތޯ އަހައިފިނަމަ އަވަށު އެންމެންވެސް ބުނާނީ އާނއެކެވެ. އެއީ “އިންގްލިޝް” އަކީވެސް އަވަށު ކުއްޖަކަށް ކިޔާ ނަމަކަށް ވާތީއެވެ. ރާޖް ކަޕޫރު، ޝަންމި ކަޕޫރު، ޝަޝީ ކަޕޫރު އެމީހުންނަށް ނޭނގޭނޭ ހިތުމަކީ ކުށްހީއެކެވެ. އެ ނަން ނަމަކީވެސް އެ އަވަށުގެ ކުދިންނަށް ދީފައިވާ ނަންނަމެވެ.

ސިންގަޕޫރުގެ ރައްޔިތަކަށް ބެޓްމޭން ބިން ސުޕަރމޭން، ޗައިނާގެ ކުއްޖަކަށް “@” ކީ ވާހަކައަކީ އިންޓަނެޓްގައި މަޝްޙޫރުވާހަކަތަކެވެ. ނަމަވެސް އެ ވާހަކަތަކަށްވުރެ، އެނަންނަމަށްވުރެ ބަދުރާޕޫރު އުޅެނީ މާ ކުރީގައެވެ.

އެއަވަށު ކޮންމެ މީހެއް ގާތު ނަންއަހާލިޔަސް ބުނާނީ އާދަޔާ ހިލާފު ނަމެކެވެ. ބްރިޓިޝް، މަންތުރީ، ގުލްކޯޒް، ބަސް، ޓްރޭން، ގްރެމޮފޯން، މިލިޓަރީ، ހޮޓެލް، ޖެއިލާ، ޑޮލަރު، ސައިކަލު ރާނީ، އެލިޒަބަތު ރާނީ މިހެން ގޮސް ކިޔާނެކަމެއްނެތެވެ. ހައްތާވެސް އެއީ އެއަވަށަށް ނިސްބަތްވާ މީހުންގެ ނަންނަމެވެ.

ނޫހަކަށް މައުލޫމާތު ދެމުން އެ އަވަށުގެ ކަތީބުގެ މަގާމުގައި ހުރި ޖަޕާނު ބުނީ އެއީ އެ އަވަށުގެ ސަގާފަތް ދެމެހެއްޓުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެގޮތަށް ނަންކިޔާތީ އަވަށަށްލިބޭ ތަރުހީބު ބޮޑުވެ ފަތުރުވެރިން އެއަވަށް ގިނަގިނައިން އައުމަކީ އަވަށަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް ޖަޕާނު ބުނެއެވެ.

ކޮމެންޓް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here