ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ޕީޖީ އޮފީހުންބުނީ މިދިޔަ އޯގަސްޓް މަހު އެ މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށަށް ދިރާސާ ކުރުމަށް ކަމަށެވެ.
އުމަރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްވަރު މާލޭގައި ނަޝިދުގެ ވެރިކަމާއި ދެކޮޅަށް ކުރި މުޒާހަރާތަކެއްގެ ތެރެއިން ޖެނުއަރީ 23 2012 ގައި ކުރި މުޒާހަރާގައި ހަރުގަނޑުތަކެއް ބޭނުނުް ކޮށްގެން ސިފައިންގެ މަރުކަޒަށް ވަނުމަށް ފާޅުގައި ގޮވާލެއްވުމާއި ގުޅީގެންނެވެ.
މި މައްސަލަަ އަނބުރާ ގެންގޮސްފައި މިވަނީ ޝަރީއަތް ކުރިޔަށް ގެންގޮސް އަޑު އެހުންތައް ނިމިފައިވަނިކޮށެވެ.
ޝަރީއަތުގެ މަޖިލިހުގައި އުމަރު ވަނީ ންކާރު ކުރައްވާފައި އެވެ.