މާލޭ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފެނުނީ މިރޭ 12:30 ހާއިރު އެއް ނަމްބަރު ފާލަން ކައިރިން ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

ފުލުހުން އިތުރަށްބުނީ އެއީ އުމުރުން ދުވަސްވީ ފިރިހެނެއް ކަމަށާއި ބޮޑަށް ގަބޫލު ކުރެވޭގޮތުގައި އެއީ ދިވެއްސެއް ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަރު، ޒީނަތު އަލީ ހަބީބު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ނިތްކުރިންނާއި ކޮނޑުގައި ކޮންމެވެސް ވަރެއްގެ ޒަހަމެއް ހުރި ކަމަށާއި އެ ޒަހަމްތަކަކީ ތަނެއްގައި ޖެހި ހަން މަށައިގެން ދިއުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމުގައި ބެލެވޭކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ޒީނަތު ވިދާޅުވި އެވެ.

މަރުވި މީހާއަކީ ދިވެއްސެއްކަން ނުވަތަ ބޭރު މީހެއްކަން ކަށަވަރު ވާގޮތެއް އަދި ނުވެ އެވެެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *