ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ޒަހަމް ވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:50 ހާއިރު ދޫޑިގަން އަވަށުގައި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. އެހެން ނަމަވެސް ޒަހަމްވި ކުޑަކުއްޖާގެ ހަށިގަނޑު ބައެއް ތަންތަނުން ހަން މަށައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށް ވެ އެވެ.