ރާއްޖޭގެ އަންހެން ގައުމީ ހޭންޑްބޯލް ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: އޮލިމްޕިކް ކޮމިޓީ
ރާއްޖޭގެ އަންހެން ގައުމީ ހޭންޑްބޯލް ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: އޮލިމްޕިކް ކޮމިޓީ

އާ ކޯޗާއެކު ހޭންޑްބޯޅަ ޓީމު ގިނަ ކުރިއެރުންތަކެއް ހޯދައިފި: ޝާން

ރިޔޫނިއަންގައި އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމު އާ ކޯޗާއެކު ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ހޭންޑްބޯލް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު އަދި އެޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝާން ބުނެފި އެވެ.

އައިއޯއައިޖީގައި ވާދަކުރުމަށް ހޭންޑްބޯޅަ ޓީމު ތައްޔާރުވާއިރު، ރާއްޖޭގެ އަންހެން ގައުމީ ހޭންޑްބޯޅަ ޓީމުގެ ކޯޗަކީ އިންޑިއާގެ ސައިދު މުސްތަފާ އެވެ.

“އާ ކޯޗާ އެކު ޓީމުން ހީނުކުރާހާ ބޮޑެތި ކުރިއެރުން ހޯދައިފި. ފިޓްނަސް ވެސް މިހާރު ކުރިއާ އަޅާބަލާއިރު ވަރަށް ރަނގަޅު. ކުރިއެރުންތަކެއް ވެސް ހޯދައިފި. ޗެންނާއީގައި ފެންވަރު ރަނގަޅު ޓީމުތަކާ އެކު ތިން މެޗު ކުޅެ ތިން މެޗުން ވެސް ވަނީ މޮޅުވެފައި. އަޅުގަނޑުމެން ދަތުރުތަކުގައި ވެސް ކުޅެނީ އަޅުގަނޑުމެންނަށް ވުރެ ފެންވަރުގެ ގޮތުން ރަނގަޅު ޓީމުތަކާ ދެކޮޅަށް،” އޮލިމްޕިކް ކޮމިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާން ބުންޏެވެ.

ޝާން ބުނީ އައިއޯއައިޖީގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމުގެ އަމާޒަކީ ކުޅެންޖެހޭ ތިން މެޗުގެ ތެރެއިން މެޗެއް ކާމިޔާބުކުރުން ކަމަށާއި ރިޔޫނިއަންގެ ގައުމީ ޓީމަށް ކުޅެފައިވާ އަދި މިހާރު ރާއްޖޭގައި މަސައްކަތްކުރާ މީހެއް ޕްރެކްޓިހުގައި ބައިވެރިކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *