ފުވައްމުލަކުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ޑެންގީ ޖެހިގެން އިއްޔެ އެކަނި 20 ކޭސް، ޖުމްލަ އަދަދު 634 އަށް

ޑެންގީ ހުން ޖެހިގެން އިއްޔެ އެކަނި 20 ކޭސް ރިޕޯޓްކޮށްފައވާކަމަށާއި އިއްޔެއާ ހަމައަށް ޖުމްލަ 634 ކޭސް މުޅި ރާއްޖެއިން ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މާލެއިން ޑެންގީގެ 285 ކޭސް ރިޕޯޓްކޮށްފައި ވެއެވެ. އަތޮޅުތަކުން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 349 އަށް އަރަ އެވެ.

އެޗް.ޕީ.އޭއިން މައުލޫމާތުދޭ ގޮތުގައި ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ، ރ އަދި ބ އަތޮޅުންނެވެ. ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ، ގއ، އަދި ލ އަތޮޅުން ޑެންގީޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ އަހަރު މި ބަލީގައި މަރުވެފައިވަނީ އެންމެ ދެ މީހުންނެވެ.

ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. އަދި ޑެންގީގެ ކޭސްއެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސް ކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *