މއ.ގަޖުރާގެ ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ތަކެތި -- ފޮޓޯ: ޕޮލިސް
މއ.ގަޖުރާގެ ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ތަކެތި -- ފޮޓޯ: ޕޮލިސް

ފާރަގެމަ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އަންހެނަކާއި ހަ ފިރިހެނުން ހައްޔަރުކޮށްފި

ފާރަގެމަ ބޭނުންކޮށްގެން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މއ.ގަޖުރާގެ ބަލާ ފާސްކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ އިރާކޮޅު، 21:40 ހާއިރު ކަމަށެވެ.

މއ.ގަޖުރާގޭގައި ފުލުހުން ހަރަކާތްތެރިވަނީ -- ދުވަސްފޮޓޯ: ހާޝިމް ދާއޫދު
މއ.ގަޖުރާގޭގައި ފުލުހުން ހަރަކާތްތެރިވަނީ — ދުވަސްފޮޓޯ: ހާޝިމް ދާއޫދު

މި އޮޕަރޭޝަންގައި އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 61 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ގަނޑެއްގެ އިތުރުން ވީޑް ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކިރުމަށް ބޭނުން ކުރެވިދާނެ ކައްޓާއަކާއި ދެ ޖުވާ ކުޅިބައިގެ އިތުރުން މަސްނޫއީ ފިރިހެން ހައްޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ރޭގެ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ބައެއް ތަކެތި-- ފޮޓޯ: ޕޮލިސް
ރޭގެ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ބައެއް ތަކެތި– ފޮޓޯ: ޕޮލިސް

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ހަ ފިރިހެނުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *