ނައިބު ރައީސް ޖަމީލަކީ އެމްޑީޕީއަށް ލިބުނު ބޯނަސްއެއް: އަލީ ވަހީދު

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅުވާ ކޮންމެ މީހަކީ އެމްޑީޕީއަށް ލިބޭ ބޯނަހެއް ކަމަށާއި ރައީސް ޔާމީންއާ ދެކޮޅަށް ޖަމީލު ނިކުންނަވާނެކަމުގެ އުންމީދު ކުރައްވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ލަންޑަނުގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް މިރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިން އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރި ކިތަންމެ ހަތުރުންނެއް މިހާރު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށާއި އެބޭފުޅާއަކީވެސް އޭގެ މިސާލެއް ކަމަށެވެ.

”ރައްޔިތުން ސިޔާސީ ގޮތުން ވަރަށް ހޭލުންތެރި ، ޔާމީންއާ ދެކޮޅަށް ނުކުންނަ ކޮންމެ މީހަކާ އެމްޑީޕީން ސަލާން ކުރާނެ، ބޮޑާކަން ކިބުރުވެރިކަން ބާއްވައިގެން ނުވާނެ، ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލު ކުރާނެ“ އަލީ ވަހީދު ވިދާޅުވި އެވެ.

މި އިންޓަވިއުގައި ރައީސް ޔާމީންގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީނާއެކު ތިބީ ހުސް ލުޓޭރުން ކަމަށެވެ. ތިބީ ދައުލަތުގެ މުއައްސަސާތައް ހިސޯރު ކޮށްގެން ކަމަށެވެ.

”ޕާޓީތަކުގެ ގާނޫނަށް އިސްލާހުގެނެސް ފިންގަ ޕްރިންޓް ހޯދަން ޖެހޭ ކަމަށް ވިދާޅުވުމުން މިކަން މިވަނީ ބޮޑު ޖޯކަކަށް، އެންމެ ފަހުން ހިތާނުކޮށްފަ ހުރިތޯވެސް ބަލާނެ، ފަސް މާމުލުންގެ ބޮޑުވަގަކީ ރައީސް ޔާމީން، އެއީ ބޮޑު ވަގެއް، ހީކޮށްގެން ނުވާނެ އަބަދު ވެރިކަމުގަ ހުރެވިދާނެ ކަމަށް“ އަލީ ވަހީދު ވިދާޅުވި އެވެ.

އިންޓަވިއުގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ ވެރިކަމުގައި އަބަދު މިއުޅެނީ އެއް އާއިލާއެއް ކަމަށާއި ރައީސް މައުމޫން އަދިވެސް ހުންނަވަނީ އެންމެ އަޑީގައި ކަމަށެވެ. އަދި ކުޅެމުން ގެންދަނީ ގޭމެއް ކަމަށެވެ. އަދި މި ރާއްޖެ އެއާއިލާގެ ކިބައިން ސަލާމަތް ކުރުމަކީ ވާޖިބެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *