އައިއޯއައިޖީއަށް ރާއްޖޭގެ ޓީޓީ ޓީމު ތައްޔާރުވަނީ - ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން
އައިއޯއައިޖީއަށް ރާއްޖޭގެ ޓީޓީ ޓީމު ތައްޔާރުވަނީ - ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން

ޓީޓީން ވެވޭވެ އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެ: ލަތީފް

ރިޔޫނިއަންގައި އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޓޭބަލް ޓެނިހުން ވެވޭނެ އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް ސީވީޑް އަހުމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެެވެ.

އޮލިމްޕިކް ކޮމިޓީގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ވަރަށް ރަނގަޅަށް ޓީޓީ ޓީމުގެ ތަމްރީންތައް ކުރިއަށްގެންދިޔަ ކަމަށެވެ.

“އަޅުގަނޑުމެންނަށް ވެވޭވެ އެންމެ ރަނގަޅަށް ތައްޔާރުވެވިއްޖެ. އަޅުގަނޑުމެން ބޮޑަށް ބޭރުގެ ކުޅުންތެރިންނާއި ކޯޗުން ގެނެސްގެން ތަމްރީންތައް ކުރިއަށް ގެންދިޔައީ ޓީމުގައި ތިބީ ކިިޔަވާ ކުދިންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް ވާތީ ދިގު މުއްދަތަކަށް ރާއްޖޭން ބޭރަށް ފޮނުވަން އުނދަގުވީމާ،” ޓީޓީ އެސޯސިއޭޭޝަންގެ ރައީސް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ 2011 ވަނަ އަހަރު ދެ މެޑަލް ހޯދި އިރާ ބަލާއިރު ޓީމަށް ކުރިއެރުން އައިސްފައިވާ ކަމަށާއި އެހެންނަމަވެސް ގައުމުތަކުގެ ފެންވަރު އެންމެ ރަނގަޅަށް ނޭނގޭތީ ސީދާ މިވެނި މެޑަލެއް ހޯދާނަމޭ ބުނަން އުނދަގޫ ކަމަށެވެ.

ސީޝެލްސްގައި 2011 ވަނަ އަހަރު ބޭއްވި ގޭމްސްގައި ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު އަންހެން ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދިއިރު ފާތިމަތު ޖުމާނާ ވަނީ ލޯ މެޑަލްއެއް ހޯދައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *