ރައީސް ޔާމީން ބޭނުން ކުރެއްވުމަށް ގެނައި އާ ލޯންޗުކޮޅު -- ފޮޓޯ: ސޯޝަލް މީޑިއާ
ރައީސް ޔާމީން ބޭނުން ކުރެއްވުމަށް ގެނައި އާ ލޯންޗުކޮޅު -- ފޮޓޯ: ސޯޝަލް މީޑިއާ

ލޯންޗުކޮޅާ ހަވާލުނުވާކަމަށްބުނެ މީޑިއާގައި ފަތުރާ ހަބަރަކީ އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތު ނޫންކަމަށް ބުނެފި

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅު (އަރުމާޒު ލޯންޗު) އާ އެމްއެންޑީއެފުން ހަވާލުނުވި ކަމަށްބުނެ ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާތަކުގައި ފަތުރާފައިވާ މައުލޫމާތަކީ އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތު ނޫން ކަމަށް އެ ވުޒާރާއިން ބުނެފި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އެ މައުލޫމާތާއި އެމްއެންޑީއެފާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް އެ ލޯންޗުކޮޅާ ހަވާލުވިކަމެއްވެސް އަދި ނުވާކަމެއްވެސް ބަޔާނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އާ ލޯންޗުކޮޅު ގެނައިއިރު ބައެއް ގެއްލުންތައް ލިބިފައިހުރުމުން އެ ލޯންޗުކޮޅާ އެމްއެންޑީއެފުން ހަވާލުނުވާ ކަމަށެވެ.

އެ ލޯންޗުކޮޅު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދިގުމިނުގައި 64 ފޫޓް އަދި ފުޅާމިނުގައި 17 ފޫޓް ހުންނަ މި ލޯންޗްކޮޅު ރާއްޖެއަށް ގެނައީ ޗާޓަރުކޮށްގެން ގެނައި ކާގޯ ބޯޓެއްގައި ކަމަށާއި މި ލޯންޗްކޮޅަކީ، ދުބާއީގައި ހުންނަ ގަލްފް ކްރާފްޓްގެ މައި ފެކްޓްރީން ތައްޔާރުކޮށްފައިވާ ލޯންޗުކޮޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *