ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު - ފޮޓޯ މަޖިލިސް
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު - ފޮޓޯ މަޖިލިސް

އިދިކޮޅު ޕާޓީއެއް ނެތް ކަމަށް މޫސާ މަނިކު ވިދާޅުވެއްޖެ

އެއްވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް މިހާރު ދިވެހިރާއްޖޭގައި ނެތް ކަމަށާއި ސަރުކާރުން ކަންތައްތައް ކުރާނީ ސަރުކާރަށް ފެންނަ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ޕާޓީއެއް ނެތް ކަމަށާއި ގާނޫނު އަސާސީ ދެ ފަރާތަށް އިރާލަންވީމާ ކަންކަން ކުރަނީ ދެބައި މީހުން އެއްކޮށް ކަމަށްވާއިރު އިދިކޮޅޭ ކިޔައިގެން ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ވެސް މަސައްކަތް ކުރަނީ ސަރުކާރާ އެއްބަޔަކަށް ކަމަށާއި މިހާރު ކަންތައްތައް ވަނީ ”ކާލާ މަންނަ ޖެހީމާ“ ކަންތައްވާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

 މިއަދުގެ މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ގާނޫނަށް ބަދަލު ގެނައުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހަޅައިގެން ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ރައީސް ޔާމީންގެ ކުޅަދާނަކަމުން އެކަން ކުރެވޭ ފަދަ މާހައުލެއް ގާއިމުކުރައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *