އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ  -- ފޮޓޯ: ޕޮލިސް
އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މިރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަސުރުމާ ހިނގުން، 133 ނަމްބަރު ފްލެޓް ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބީ ދެ މީހުން ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު އަނެކަކަށްވެސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.  އަދި ކާރު ޑްރައިވަރަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *