ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

ފަލަސްތީނަކީ ވަކި، މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މީގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން ނެގި ވޯޓުގައި ފެންނަ ކަމަށް 319 މެމްބަރަކު ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ދެ މެމްބަރެކެވެ. ހާޒިރު ނުވަނީ އެންމެ މެމްބަރެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ބިލު މަޖިލީހަށް ހުށަހެޅީ ސްޕެއިންގެ ސޯސަލިސްޓް ވޯކާސް ޕާޓީންނެވެ. އެ ބިލު ފާސް ވުމުން މެމްބަރުން ވަނީ ޔޫރަޕްގެ އެހެން ގައުމު ތަކުން ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުން އަންނަ ފަދައިން ސްޕެއިނުންވެސް ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާފަ އެވެ.

ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެޖޯރިޓީ ލީޑަރު ބީޓްރީޒް ރޮޑްރިގޭޒް ސަލްމޯންސް ބުނެފައިވަނީ ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން މި ވަގުތަކީ އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. ރޮޑްރިގޭޒް ސަލްމޯންސް ބުނެފައިވަނީ ފަލަސްތީނުން އިޒްރޭލުގެ 4 މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައި ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އިނގިރޭސިވިލާތާއި އަޔަލެންޑުގެ ގާނޫނު ހަދާ މަޖިލީހުންވެސް ވަނީ ފަލަސްތީނަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފާސްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *