ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ރާއްޖެ އަތުން ފަސޭހަކަމާއެކު އިންޑިއާ މޮޅުވެއްޖެ

ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ފަސޭހަކަމާއެކު އިންޑިއާ މޮޅުވެއްޖެ އެވެ.

މިމުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ބަލިވީ 128-48 ޕޮއިންޓުންނެވެ.

މެޗުުގައި އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ހުރިހާ ކުއާޓާއެއްގައި ވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ އިންޑިއާ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 76-65 ޕޮއިންޓުން ބަލިވިއިރު، ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން ބަލިވީ 92-66 ޕޮއިންޓުންނެވެ. އަދި ތިންވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވެފައިވަނީ 72-68 ޕޮއިންޓުންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 3 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *