ފައިސާ އަދި ޗެކް ޖަމާކުރާ އޭޓީއެމްތަކުން 6 ދުވަސް ތެރޭގައި 5 ހާހަށްވުރެ ގިނަ މީހުން ހިދުމަތް ހޯދައިފި

ދާދި ފަހުން ބޭންކުން ތަޢާރަފްކުރި ޗެކު އަދި ފައިސާ ޖަމާކުރާ އޭޓީއެމްތަކަށް ކަސްޓަމަރުންގެ ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިގޮތުން މި ވޭތުވެ ދިޔަ 6 ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ކަސްޓަމަރުން ބްރާންޗުގެ ކިއޫގައި މަޑުނުކޮށް މި ހިދުމަތް ހޯދާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ 5 ސަރަހައްދެއްގައި ބަހައްޓާފައިވާ މި އޭޓީއެމްތަކުން ހަފްތާއަކު 7 ދުވަހު 24 ގަޑިއިރުތެރޭގައި ބޭނުން ވަގުތަކު މުޅިން ހިލޭ ހިދުމަތް ހޯދޭނެ ކަމަށާއި މި އޭޓީއެމްތައް ބަހައްޓާފައިވާ ސަރަހައްދުތަކަކީ މެއިން ބްރާންޗް ތިރީބުރި، މަޖީދީ މަގު ބްރާންޗް، ބީއެމް އެލް ލައިޓް، ވެލާނާގޭގެ އިތުރުން އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑު ތަކުރުފާނު މަގުގައި ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން، ފައިސާ އަދި ޗެކު ޖަމާކުރުމުގެ ޚިދުމަތާއި ފައިސާ ޓްރާންސްފަރ ކުރުމާއި ލޯނު އަދި ކްރެޑިޓް ކާޑަށްފައިސާ ދެއްކުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

”މިޚިދުމަތަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތެއްގައި ލިބޭ ޚިދުމަތަކަށް ވާތީ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑުތަރުހީބެއް އަންނަނީ ލިބެމުން، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމުން ވަގުތުން އެކައުންޓަށް ޖަމާވާނެ، އަދިހަމަ އެހެންމެ ޖަމާކުރާ ޗެކުތައް ލަސްނުކޮށް މިދަނީ އެކައުންޓަށްޖަމާކުރެވުމުން، މިހާރު ކަސްޓަމަރުންބްރާންޗުތަކުން މި ހިދުމަތް ހޯއްދެވުމަށް ކިއޫގައި މަޑުކުރާކަށް ނުޖެހޭނެ، މިކަމުގެ ސަބަބުން ބްރާންޗުތަކަށްދާ ކަސްޓަމަރުންގެ އަދަދު ކުރިމަގުގައި ވަރަށް ބޮޑަށް މަދުވެގެންދާނެ“  އެ ބަޔާނުގައި ބޭންކުގެ ރީޓޭލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައި ވެއެވެ.

ބޭންކުން ބުނީ ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކް ވަނީ ލިބެމުން އަންނަ ކަމަށާއި މި ފުރުޞަތުގައި ކަސްޓަމަރުން ދެއްވާހިޔާލަށާއި އެއްބާރުލެއްވުމަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ބޭންކުން އަތޮޅުތެރޭ ރަށްތަކަށް ދެމުންދާ ހިދުމަތްތައް އިތުރުކޮށް އަދި ކަސްޓަމަރުންނަށް އާހިދުމަތް ތަޢާރަފްކުރުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ ޚިދުމަތަކީ އެދި އެދި ތިބި ޚިދުމަތެއް، މުސްތަގްބަލްގައި އަދި މާގިނަމީހުން ތިޔަޚިދުމަތް ހޯދާނެ، އެއީ ފަސޭހަވެފައި ވަގުތު ސަލާމަތް ކުރެވޭތީ، އަދިވެސް އާދޭހައިއެކު ދަންނަވަން ދެންތިޔަޚިދުމަތް ހުއްޓާނުލައިތި އޭރުން އަހަރުމެން މޮޔަވާނެ، މިހާާރުވެސް ބޭންކޭ ބުނާއިރަށް މޮޔަވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *