އިންޑޮނޭޝިއާގެ ފްލައިޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 140 އަށް

އިންޑޮނޭޝިއާގެ ފްލައިޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 140 އަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އިއްޔެގެ ވަގުތެއްގައި މެދާން ސިޓީން ނައްޓާލުމާއެކު ދެ މިނެޓް ތެރޭގައި ބޯޓު ވެއްޓުނުއިރު އެ ފްލައިޓުން ދަތުރުކުރީ އިންޑޮނޭޝިއާގެ އެއާފޯސް ސިފައިންނާއި އެމީހުންގެ އާއިލާ މީހުންނެވެ.

ސުމަތުރާގެ ފުލުހުންގެ މޭޖާ، ތަރިގަން ބުނެފައިވަނީ C-130 މަރުކާގެ އެ ފްލައިޓް ވެއްޓުނު ސަރަހައްދުން މިހާތަނަށް 141 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއާފޯސްއިން ބުނީ އެ ފްލައިޓުން ދަތުރުކުރީ 122 މީހެއް ކަމަށެވެ. ނަމަވެސް ފްލައިޓް ވެއްޓުނީ ފިހާރަތަކަކާއި އެޕާޓްމެންޓްތަކެއް ހުންނަ އިމާރާތެއްގެ މައްޗަށް ކަމަށްވާއިރު މަރުވިމީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް އެއާފޯސް އިން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *