ކަރެކްޝަންސްގެ ބެލުމުގެދަށުން މިއަދު ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައިސް މުހައްމަދު ނަޝީދު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މިއަދު އޭޑީކޭއަށް ގެންގޮސްފި އެވެ.

ސިއްހީ ހާލުކޮޅު ހުރިގޮތުން މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާ ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ދެމަސްދުވަހުގެ މުއްދަތަށް ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ހޯމް މިނިސްޓްރީން ބުނީ ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *