ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 61 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 61 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދި ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 61 މެމްބަރުންގެ ސޮޔާއެކު ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާއިރު ވޯޓުދޭ މެމްބަރުންގެ އަދަދު 61 އަށް ވުރެ ގިނަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވެފައިވަނީ މަޖިލީހަށް ހުށަހެޅި ލިޔުމުގައި ސަރުކާރު ކޯލީޝަންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ހަ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރަކުވެސް ސޮއި ކުރައްވާފައިވާކަމަށެވެ.

މި މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު ނައިބު ރައީސް މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *