އަބީޝެކް ބަޗަން އާއި އާސިން އެކުގައި ކުޅޭ ފިލްމު، ”އޯލް އިޒް ވެލް“ގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.
މިހާރު އުމުރުން 39 އަހަރުގެ އަބީޝެކް އޭނާގެ އިންސްޓާގްރާމް އެކައުންޓްގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް އަޕްލޯޑް ކޮށްފައިވާއިރު އެއް ޕޯސްޓަރުގައި ދައްކުވައިދެނީ ”އޯލް އިޒް ވެލް“ ލިޔެފައިވާ ސައިން ބޯޑެއްގެ ކައިރީގައި ހައިވޭއެއްގައި އަބީޝެކް ހުންނަ މަންޒަރެވެ. ކެޕްޝަންގައި ބުނެފައިވަނީ ”މިއީ މުޅިންވެސް އަހަންނާ ބެހޭ“ ކަންކަން ކަމުގަ އެވެ.
ފިލްމުގައި ބަތަލާގެ ރޯލުކުޅޭ އާސިން ހިމެނޭ ޕޯސްޓަރެއްވެސް ވަނީ އާންމުކޮށްފަ އެވެ. އާސިން އެންމެ ފަހުން ފިލްމެއް ކުޅެފައިވަނީ 2012 ވަނަ އަހަރު އެވެ. އެއީ އަކްޝޭ ކުމާރުއާއެކު ”ކިލާޑީ 786“ އެވެ.
”އޯލް އިޒް ވެލް“ގައި ދެން ފެނިގެންދާ މުހިންމު ކެރެކްޓާ ތަކަކީ ރިޝީ ކަޕޫރާއި ސުޕްރިޔާ އެވެ. އުމޭޝް ޝުކްލާ ޑައިރެކްޓްކުރާ މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޯގަސްޓްމަހުގެ 21 ވަނަ ދުވަހު ކަމަށް ޕްރޮޑަކްޝަން ޓީމުންހާމަ ކުރެ އެވެ.