ޓްރާންސްފަރ: ހަމުލްސް މެންޗަސްޓަރ ޔުނައިޓެޑަށްވުރެ އަރސެނަލްއަށް ބަދަލުވުންގާތް

ބުރޫޝިއަރ ޑޯރޓުމަންޑް އަދި ޖަރުމަނުގެ ގައުމީޓީމުގެ ޑިފެންޑަރ މެޓްސް ހަމުލްސް މެންޗަސްޓަރ ޔުނައިޓެޑަށްވުރެ އަރސެނަލްއަށް ބަދަލުވުންގާތްކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނަންފަށައިފިއެވެ.

ގިނަ ނޫސްތަކުން ބުނާގޮތުގައި އުމުރުން 25 އަހަރުގެ މެޓްސް ހަމުލްސް އަންނަ ޖެނުއަރީ ޓްރާންސްފާ ސީޒަންގައި ޑޯރޓުމަންޑް ދޫކޮށްދިއުންގާތެވެ.

30 މިލިއަން ޕައުންޑަށް އަގުކުރެވިފައިވާ ޑިފެންޑަރ ހަމުލްސްއަށް މެންޗަސްޓަރ ޔުނައިޓެޑް އަދި އަރސެނަލްއިންވެސް ބަލަމުންދާއިރު، ދެޓީމަށްވެސްވަނީ ޑިފެންޑަރުންގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ވެންގަރ އަދި ވެންހާލްވެސްދަނީ އަންނަ ޖެނުއަރީ ޓްރާންސްފާ ސީޒަންގައި ޑިފެންޑަރެއް ގެނައުމަށް ތައްޔާރުވަމުންނެވެ.

ދެ ޓީމުގެ ޓްރާންސްފާ ރާޑަރުގައިވެސް ހަމުލްސް އެންމެ ކުރީގައި އުޅޭއިރު ދެޓީމުންވެސްދަނީ އިތުރު ޑިފެންޑަރުންނަށްވެސް ބަލަމުނެވެ. އެގޮތުން ނެދަރލޭންޑްސްގެ ރޮން ވްލާރ އަދި ސެލްޓިކަށް ކުޅެމުން އަންނަ ވޭން އިޖްކް ހިމެނެއެވެ.

ދުނިޔޭގެ މިހާރުހުރި އެންމެ މޮޅު ޑިފެންޑަރަކީ މެޓްސް ހަމުލްސްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ވަރލްޑް ކަޕު ޖަރުމަނަށް ކާމިޔާބުކޮށްދިނުމުގައިވެސް މުހިއްމު ރޯލެއް އަދާކުރި ހަމުލްސް މިހާރުހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *