ތިން ވަޒީރުންނަށްވެސް މަޖިލީހުން ރުހުން ދީފި

ވަޒީރު ކަމަށް އައްޔަނު ކުރައްވާފައިވާ އިސްލާމިކް މިނިސްޓަރަށާއި ހެލްތު މިނިސްޓަރަށާއި ޔޫތު މިނިސްޓަރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ޔޫތު މިނިސްޓަރުގެ އަހުމަދު ޒުހޫރާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދަށް ރުހުން ދިނުމަށް މަޖިލީޙުން ފާސްކުރީ މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޔޫތު މިނިސްޓަރުކަމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. ޒިޔާދު އައްޔަން ކުރެއްވީ މެއި މަހުގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ހެލްތު މިނިސްޓަރު ކަމަށް އިރުތިޝާމް އައްޔަން ކުރެއްވީވެސް މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *