ލަންޑަނުން ހިމާޔަތް ހޯއްދެވުމަށްފަހު ނައިބުރައީސްގެ އިންޓަވިއުއެއް އަލްޖަޒީރާ އަށް!

ރާއްޖޭގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭގެ ވަގުތެއްގައި ލަންޑަނަށް ވަޑައިގެންފައިވާކަމަށާއި ލަންޑަނުން ހިމާޔަތް ހޯދުމަށްފަހު އަލްޖަޒީރާއަށް ހާއްސަ އިންޓަވިއުއެއް ދެއްވަން ތައްޔާރުވަމުން އަންނަކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރެން ފަށައިފި އެވެ.

ބޭސް ފަރުވާއަށް ލަންކާއަށް ދިއުމަށްފަހު ނައިބުރައީސް ލަންޑަނަށް ވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ. ސޯޝަލް މީޑިއާގައި މިކަމާގުޅޭގޮތުން އެނބުރޭ ބައެއް ޓްވީޓްތަކަށް ބަލާއިރު އަލްޖަޒީރާއަށް ހާއްސަ އިންޓަވިއުއެއް ދެއްވުމަށް ނައިބުރައީސް މިހާރުވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް އިންޓަވިއު ދެނީ ކޮންދުވަހަކު ކަމެއް އަދި ކޮން ވަގުތެއްގައި ކަމެއް ޓްވީޓްތަކުން އަދި ސާފުވާގޮތެއް ނުވެ އެވެ.

އެ ޓްވީޓްތަކަށް ބަލާއިރު އަލްޖަޒީރާގައި ނައިބުރައީސް ވާހަކަފުޅު ދައްކަވާނީ މި ސަރުކާރާ ދެކޮޅަށް ކަމަށް ބައެއް ޓްވީޓްތަކުގައި ބުނެފައިވެ އެވެ. އަދި ނައިބުރައީސް އެކަން ކުރައްވަނީ ރާއްޖޭގެ ޓުއަރިޒަމް އާއި ގައުމީ ފޭރާން ހަލާކުކޮށްލުމަށް ކަމަށްވެސް ބައެއް ޓްވީޓްތަކުގައި ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. ޜަނކޮޅާަ އެއީ ދައުލަތުގެ ނައިބް ރައީސް އޭ ބުނީ ކާކު. ޢެއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް

  2. މާ އިނގޭ ސުމްޕާ ގޮން އަށް ހުރިހާ ކަމެއް އިނގޭނެ. ހީވާ ކަހަލަ ވަޙީ އަންނަ ސޮރެއްހެން. ސުމްޕާ އަކީ އަދީބު ގެންގުޅޭ ޕްލޭ ބޯއި އެއް ކަހަލަގެ ސޮރެއް. އަދީޕު ޖަހާހާ ބެރަކަށް ނަށަން ގެންގުޅޭ ދެފުއް ކެހެރިއެއް ތި ސުމްޕާ އަކީ.

  3. މިވަގުތަށް ބެޗުނީކަމުގެ ހިތްހަމަޖެހުން ލިބިގެން ހުރެލާށެވެ. ޖަމީޅް އަށް ވަރަށް ރަނގަޅަށް އެނގި ހުންނަންވީ އޭނާގެ ނުބައި ޢަމަލުތަކަށް މިދުނިޔެމަތީގަވެސް އޭނަށް ޙަައްޤު އަދަބު ﷲއިރާދަފުޅުން ލިބުން ޢެދި ދުޢާކުރާ މީޙުން އެއީ މަދު ބައެއް ނޫންކަމެވެ. ޖަމީލަކީ އަމިއްލަ ރަށުގަވެސް އޭނާއަށް ތާޢިދު ކުޑަ ޤައުމަށް ބޮޑު ހިޔާނާތްތަކެއްވެފައިވާ ޤައްދާރެކެވެ. އޭނާއަށް މިދުނިޔެމަތީގަ އަދަބު ލިބުން އެއީ އޭނާއަށް އާޚްރަތުގައި އޭގެ މަންފާ އެއް ނެތްކަމެއް ކަމުގައި ނުވެނުދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *