ބުރުންޑީގެ ނައިބުރައީސް ގައުމު ދޫކޮށް ފިއްލަވައިފި

ސަރުކާރުގެ ފަރާތުން ފިއްތުންތަކާ އިންޒާރުތައް އަންނަކަމަށްބުނެ ބުރުންޑީގެ ނައިބުރައީސް ޖާވައިސް ރުފީކީރީ ގައުމު ދޫކޮށް ފިއްލަވައިފި އެވެ.

ގައުމު ދޫކޮށް ނައިބުރައީސް ފިއްލަވާފައިމިވަނީ އެގައުމުގެ ރައީސް ޕިއޭރޭ ކުރުންޒީޒާ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް އިއުލާނުކުރުމާއެކު އެގައުމުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިފައިވަނިކޮށެވެ.

ފިއްލެވުމަށްފަހު ރުފީކީރީ ވިދާޅުވީ ސަރުކާރުތެރެއިން ފިއްތުންތަކާއި އިންޒާރުތައް އަންނަ ކަމަށާއި ތިންވަނަ ދައުރަކަށް ރައީސް ކުރިމަތިލައްވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ކުރުންޒީޒާ އިއުލާނުކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއާއެކު އެގައުމުގައި އުފެދުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 70 މީހަކު މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވެ އެވެ. އެ ގައުމުގެ އިންތިހާބު އޮންނާނީ އަންނަ ޖުލައި މަސްތެރޭގަ އެވެ.

ނައިބުރައީސް ފިއްލަވާފައިވާއިރު އެކަމުގެ ސަބަބުން ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މުރާސިލުން ބުނެ އެވެ. ސަބަބަކަށްވަނީ ދާދިފަހުން އެގައުމަށް ބަގާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުތައް ރުފީކީރީގެ ބޮލުގައި އެޅިފައި އޮތުމެވެ. އަދި އޭގެ ފަހުން ރުފީކީރީ ހުންނަނީ ސަރުކާރުގެ ތެރެއިން އެކަހެރި ކޮށްފަ އެވެ. ފިއްލެވުމަށްފަހު ރުފީކީ މިހާރު ހުންނެވީ ބެލްޖިއަމްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *