ޖޭޕީން ވޯޓުދިނީ ގާސިމް ރޮއެ ހޭރިގަތީމަ، އެމްޑީޕީގެ ނިންމުމަށް އިހުތިރާމްކުރަން: މަހްލޫފު

ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް މިއަދު ގެނައި އިސްލާހަށް ޖޭޕީގެ މެމްބަރުން ވޯޓު ދިނީ ގާސިމް ރޮއެ ހޭރިގަތީމަ ކަމަށާއި އެމްޑީޕީން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅެއްވެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން މިރޭ ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”ސާފުކޮށް އެނގޭ ޖޭޕީން ވޯޓުދިނީ ކީއްވެކަން، ގާސިމް ހުންނެވީ ބޭރުގަ ރާއްޖެ އަންނަން ބިރުން، ގާސިމް ރޮއެ ހޭރިގެންފަ މެމްބަރުންގެ ކިބައިން އެދުނީ ދުވަހަކު ކަމެއް ކޮށްދެއްވަންޏާ އެ އިސްލާހު ފާސްކޮށްދެއްވުމަށް، އެކަމަކު އަނެއްކޮޅުން އަމިއްލަ މީހާގެ ކަރުގައި ވަޅި އެޅުނީ“ މަހްލޫފު ވިދާޅުވި އެވެ.

އެމްޑީޕީގެ ނިންމުމަށް އިހުތިރާމް ކުރައްވާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ ޕާޓީގެ ލީޑަރު ސަލާމަތްކުރުމަށް، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ވާ ގުރުބާނީ ފެންނަ ކަމަށާއި އާންމު މެމްބަރުންނަށް ދެރަވާނެ ގޮތަކަށް ލީޑާޝިޕުން ކަމެއް ކޮށްފާނެ ކަމަށް ގަބޫޅުފުޅު ނުކުރައްވާ ކަމަށެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ މާދަމާ ނޫނީ ކައިރި މުސްތަގްބަލެއްގައި އުފާވެރި ހަބަރުތަކެއް، ނުވަތަ މަންޒަރުތަކެއް ފެނިގެން ދާނެ ކަމަށާއި މިހާރު އެންމެ ކަންތައް ބޮޑުކޮށް އުޅެނީ ޕީޕީއެމްގެ އެތެރޭގައި ކަމަށެވެ. އަދި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ރާޅުބާނި ވަރަށް ބޮޑު ކަމަށާއި އެ ރާޅުބާނީގައި ހުންނާނެ ވަރުވެސް އެނގިވަޑައިގަންނަވާކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *