ކާދަރު އަދުނާން
ކާދަރު އަދުނާން

”އިޒްރޭލު ޖަލުގައި ފަލަސްތީނުރައްޔިތަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި 48 ދުވަސް“

އެއްވެސް ކުށެއްނެތި އިޒްރޭލު ޖަލަށް ލާފައިވާ ފަލަސްތީނުގެ ރައްޔިތަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނަތާ 48 ދުވަސްވެފައިވާއިރު އޭނާގެ ހާލު ގޯސްވުމުން އޭނާގެ އާއިލާއަށް އޭނާއާ ބައްދަލުކުރުމުގެ ހުއްދަ ދިނުމަށް ރެޑްކްރޮސްއިން އިޒްރޭލުގެ ކިބައިން އެދިއްޖެ އެވެ.

ރެޑްކްރޮސްއިން މިކަމަށް އެދިފައިމިވަނީ އިޒްރޭލު ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ މީހުންނަށް ގަދަކަމުން ކާންދިނުމަށް އިޒްރޭލުން ބިލެއް ފާސްކޮށްފައިވަނިކޮށެވެ. ބިލު ފާސްކޮށްފައިވީނަމަވެސް އިޒްރޭލުގެ ސިއްހަތު ޖަމިއްޔާގެ ރައީސް މިކަމަށް ދެކޮޅު ހަދާތީ މި ބިލަށް އަދި އަމަލުކުރަން ފަށާފައި ނުވެ އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނަތާ 48 ދުވަސްވެފައިވާއިރު ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ކާދަރު އަދުނާން ނަމަކަށްކިޔާ އެކްޓިވިސްޓަކަށެވެ. ކާދަރުވަނީ މީގެ ކުރިންވެސް އިޒްރޭލުގެ ޖަލުގައި 66 ދުވަސް ވަންދެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރިއަށް ގެންގޮސްފަ އެވެ.

ރެޑް ކްރޮސްއިން އިޒްރޭލުގެ ކިބައިން އެދުނީ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން ކާދަރުގެ އާއިލާއަށް ކާދަރުއާ ބައްދަލުވާނެ ގޮތް ހަދައިދިނުމަށެވެ. ނަމަވެސް އިޒްރޭލުން މިކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ. އަދި ކާދަރަށް އިޒްރޭލުގެ ހޮސްޕިޓަލަކުން ފަރުވާ ދެމުން އަންނައިރު ކާދަރުގެ ހާލަތުވެސް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފަ އެއް ނުވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *