އޮޕަރޭޝަނަށް އިމްރާން އިންޑިއާއަށް!

ސޯސް: އެމްވީ ސްޕޯޓްސް

ގައުމީ ޓީމު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ފުރުވާލަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ހާމަކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮން އަތުން 2-0 ލަނޑުން ރާއްޖެ ބަލިވި މެޗުގައި އެޓީމުގެ ފޯވަޑް ގޮޑްފްރޭގެ ބޫޓުން ޖެހި އިމްރާނުގެ ކަނާތު ކަކުލު ހުޅުގެ ޕޮސްޓީރިއާ ކްރުޝިއޭޓް ލިގަމެންޓް (ޕީސީއެލް) ވަނީ އިރައިގެން ގޮސްފައެވެ.

އިމްރާންގެ ކަކުލުގެ އަތުރޮސްކޯޕިކް ސާޖަރީ (ލޯވަޅު އަޅައިގެން ކުރާ އޮޕަރޭޝަން) ކުރާ ޑޮކްޓަރަކީ އިންޑިއާގ މަޝްހޫރު ޑޮކްރެއްކަމަށްވާ ޑރ. ޕާޑިވާލާ އެވެ.

އޮޕަރޭޝަނަށްފަހު އިމްރާން ހަ މަސްދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު އަހްމަދު ޝަކީބު ބުނެއެވެ.

ހަ މަސްދުވަހުގެ މުއްދަތަކަށް އިމްރާން އަނިޔާގައި ހުންނަން ޖެހިއްޖެނަމަ، އޭނާ ކުޅެމުންއަންނަ މާޒިޔާއާއެކު މެޗެއްގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ހޮންކޮން އާއި ގަތަރާއި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ޕޮމިސް ކަޕުގައި ނުކުޅެވޭނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *