ސަންޖޭދަތު އެނބުރިއައުމުން ”މުންނާބާއީ 3“ ގެ މަސައްކަތް ފަށާނެ: އަރްޝަދު ވަރްސީ

ބޮލީވުޑްގެ މަސްހޫރު ފިލްމީތަރި ސަންޖޭ ދަތު، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު އެ ހުކުމް ތަންފީޒު ކުރުމަށްފަހު އެންބުރި އައުމުން ”މުންނާބާއީ އެމްބީބީއެސް 3“ ގެ މަސައްކަތް ފަށާނެ ކަމަށް މުންނާބާއީ ސީކުއެލް ފިލްމުތަކުގައި ސަންޖޭގެ އެކުވެރިޔާގެ ރޯލު ކުޅޭ އަރްސަދު ވަރްސީ ބުނެފި އެވެ.

އަރްސަދު ބުނީ ”މުންނާބާއީ 3“ ގެ ސްކްރިޕްޓްވެސް އޮތީ ތައްޔާރަށް ކަމަށާއި އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމުގެ ޝައްކެއް ނެތް ކަމަށެވެ.

މުންނާބާއީ 1 އަދި 2 ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ހެއްވާ މަޖާ އެ ސީކުއެލްއަކީ ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދި ފިލްމުތަކެކެވެ.

ސަންޖޭދަތު ޖަލުގައި 5 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަނީ 1993ވަނަ އަހަރު މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާއި ސަންޖޭއާއި ގުޅުމެއް ވާކަމަށް ސާބިތު ވުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *